ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 22:51
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މަސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވޭ
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، މަސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވޭ
ޔޫސުފް ސޮފްވާން ރަޝީދު
މަސްވެރިކަމުގެ ސިޏާއަތް ކުރިއެރުވުން
މަސްވެރިކަމުގެ ސިނާއަތުގެ ގިނަ މައްސަލަތަކަށް އަންނަ އަހަރުގެ ތެރޭގައި ހައްލު ލިބޭނެ: މިނިސްޓަރު ޒަހާ
މިސާރުކާރުން މަސްވެރިންގެ ކަންބޮޑުންތަކަށް ހައްލު ހޯދައިދޭނެ
މަސްވެރިކަމުގެ ސިނާއަތަށް ވަނުމުގެ ފުރުސަތު ހުޅުވާލެވި، ވާދަވެރި ބާޒާރަކަށް ވަނުމުގެ މަގުކޮށްށާ ދެވިފައިވޭ
މަސްވެރިކަމުގެ ސިނާއަތުގެ ގިނަ މަޝްރޫއުތަށް އަންނަ އަހަރު ފެށޭނެ

މަސްވެރިންނަށް މަންފާ ކުރާނެ ގޮތަށް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަރަށް ގިނަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިސާރުކާރުން މަސްވެރިންގެ ކަންބޮޑުންތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ޒަމާނުއްސުރެ މަސްވެރިކަމުގެ ސިނާއަތުގައި ގިނަ މައްސަލަތައް ހުރި ކަމަށާއި، މައްސަލަތައް ހައްލު ކުރުމުގައި ވަގުތު ނަގާނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ މައްސަލަތައް ހައްލުކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ވަނުމުގެ ފުރުސަތު ހުޅުވާލެވި، ވާދަވެރި ބާޒާރަކަށް ވަނުމުގެ މަގުކޮށްށާ ދެވިފައިވާ ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ އަޅުގަނޑުމެންގެ ސިނާއަތުގައި ފުރަތަމަ ކަމަކަށް ހައްލު ކުރިކަމަކީ މިސިނާއަތުގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކަށް މިސިނާއަތަށް ވަންނަން ފުރުސަތު ހުޅުވާލެވިއްޖެ. އެނގިވަޑައިގަންނަވާނެ ކުރިން ކަޅުބިލަމަހުގެ ސިނާއަތަކީ ހަތަރު ކުންފުންޏަކަށް މަސައްކަތް ކުރެވެން އޮތް ސިނާއަތެއް. އެކަމަކު މިހާރު އެކަންތައްތައް ވެސް އަޅުގަނޑުމެން އެއަށް ނިމުމަކަށް ގެނެސްފައި. އެހެންވީމަ އެހެން ފަރާތްތަކަށް ވެސް ވާދަވެރި ބާޒާރަކަށް ވަނުމުގެ ފުރުސަތު ހުޅުވިފައި. ދެން އެނގިވަޑައިގަންނަވާނެ ކަންތައްތައް މަސައްކަތް ކުރަމުން މިދަނީ މަސައްކަތް ހަލުހި ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް ކުރެވޭ މިފްކޯއަކީ ސަރުކާރުގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުނި. އެކުންފުނީގެ ހާލަތު ރަނގަޅުކޮށް ހަމަ ކުރިއަށް އޮތްތާގައި މަސްވެރިންނަށް މަންފާ ލިބޭނެ ގޮތަށް މަސައްކަތްތައް މިކުރަނީ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ފެލިވަރަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޒަހާ ވިދާޅުވި ވިދާޅުވީ މަސްވެރިންގެ އަތުން މަސްގަތުމަށްފަހު ރައްކާކުރާނެ ކެޕޭސިޓީ ނެތް ކަމަށެވެ.

ނަމަވެސް އަންނަ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގެ ގިނަ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހުމާއެކު މަސައްކަތްތަށް ފެށި މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ. އަދި މަސް ސްޓޯރޭޖް ކުރުމަށް ބޭނުންވާ ވަރަށް ކެޕޭސިޓީ ވެސް އިތުރުވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންވީމަ އެގޮތުން ބަލާ ކަމަށްވަންޏާ ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ. ފެލިވަރުގައި މިވަގުތު ނެތް ސްޓޯރޭޖެއް ކެޕޭސިޓީއެއް. އެހެންވީމަ ހަމަ ފެލިވަރުން އެއީ ވެސް ނެތް ކަމެއް. އެހެންވީމަ އަޅުގަނޑުމެންގެ ފެލިވަރު ސްޓޯރޭޖް 4000 ޓަނަށް އިތުރުވެގެންދާނެ ދުވާލަކު 100 ޓަނު ދުވާލަކު ޕްރޮސެސްކުރެވޭނެ. އެހެންވީމަ އެހުރިހާ ކަންތައްތަކެއް ނެތި ނިކަން މަސައްކަތް ކުރަންވީމަ މަސްވެރިންނާއި މަސްވެރި އުޅަނދުތަކާއި އިންތިހާއަށް ގިނަވެއްޖެ. މިގެނެވޭ ބަދަލުތަކަކީ ހަމަ މަސްވެރިންނަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރައްވާ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތް.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއިރު އަންގާރަ ދުވަހު މަސްވެރިންތަކެއް ވަނީ މައިގަނޑު 4 ކަމަކަށް ޑިމާންޑް ކޮށް ފެލިވަރުގައި އިހުތިޖާޖު ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، އެތައް އަހަރެއް ވޭތުވެގެން ދިޔައިރުވެސް، ފެލިވަރަށް ޒަމާނާ އެކަށީގެންވާ ރަނގަޅު ތަރައްޤީ އައިސްފައި ނުވުމަކީވެސް މަސްވެރިން މިއަދު ކުރާ ޝަކުވާއެކެވެ.

- ކޮމެންޓް