ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 21:31
އައްޑޫސިޓީ ކައުންސިލް އިދާރާ، އައްޑޫގެ އެހެން އަވަށްތަކުން ވެސް ގޯތި ދޫކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން
އައްޑޫސިޓީ ކައުންސިލް އިދާރާ، އައްޑޫގެ އެހެން އަވަށްތަކުން ވެސް ގޯތި ދޫކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން
އައްޑޫ ސިޓީ ކައުންސިލް
އައްޑޫސިޓީގެ މަރަދޫއިން ގޯތި ދޫކުރުން
އައްޑޫސިޓީ މަރަދޫއިން ގޯތި ދޫކުރުން: ގޯތި ލިބުނު ފަރާތް ތަކުގެ ލިސްޓް އާންމުކޮށްފި
ލިސްޓް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކުރެވިފައި
އަވަށުއޮފީސްތަކާއި ކައުންސިލް އިދާރާއިން ވެސް މައުލޫމާތު ލިބޭނެ
30 ގޯތި ދޫކުރުމާއެކު ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ

އައްޑޫސިޓީގެ މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބުނު ފަރާތް ތަކުގެ ލިސްޓް އާންމުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާއިން ބުނީ މަރަދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށްފައިވާ ކަމަށާއި، ލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައިވާނެ ކަމަށެވެ. އަދި އެލިސްޓް ކައުންސިލްގެ ވެބްސައިޓްwww.adducity.gov.mvގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ވެސް މިހާރު ބަހައްޓާފައިވާ ކަމަށެވެ.

އައްޑޫ ކައުންސިލުން ބުނީ ގޯތި ދޫކުރުމުގައި އަމަލުކުރީ ގޯތި ދޫކުރުމުގެ ޚާއްސަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ޕޮއެންޓް ލިބުނު ގޮތާއި މެދު އާންމު ރައްޔިތުން ހުށަހަޅާފައިވާ ޝަކުވާތަކާއި، މައްސަލަތައް ބަލާ ހައްލު ކުރި ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލް ބުނީ މަރަދޫ އަވަށުން 30 ގޯތި ދޫކުރުމާއެކު ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އައްޑޫގެ އެހެން އަވަށްތަކުން ވެސް ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރިއެވެ.

- ކޮމެންޓް