ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 12:44
ހިޔާ މަޝްރޫއުގައި ހިމެނޭ 25 ބުރީގެ 16 ޓަވަރު ހުރި ސަރަހައްދު
ހިޔާ މަޝްރޫއުގައި ހިމެނޭ 25 ބުރީގެ 16 ޓަވަރު ހުރި ސަރަހައްދު
ރާއްޖެއެމްވީ
ހިޔާ މަޝްރޫއު
ހިޔާ ފްލެޓްތަކުން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރާ ޖާގަތަކުގެ އަގުތައް އާއްމުކޮށްފި
ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރ އަދި ކެފެޓީރިއާހިންގުމަށް ވަނީ ފުރުޞަތު ހުޅުވާލާފަ
ފުރަތަމަ ދެ އަހަރަށް އަގު ހުށަހެޅޭނެ އެންމެ ދަށް ރޭޓަކީ 15ރ، 3 އަހަރުން 5 އަހަރަށް އަގު ހުށަހެޅޭނެ އެންމެ ދަށް ރޭޓަކީ 30ރ

ހުޅުމާލެ ފޭސް 2ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފި އެވެ.

އެގޮތުން ކްލިނިކްއަކާއި ފާމަސީއެއްގެ އިތުރުން ސުޕަމާކެޓާއި ގްރޯސަރީ ސްޓޯރ އަދި ކެފެޓީރިއާހިންގުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތް ކުރެވިފައިވާ ހައުސިންގ ޔުނިޓުތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭނޭ ސަރަހައްދަކަށްވެފައި އެސަރަޙައްދުން ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސަކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނެފައިވާގޮތުގައި، ހިޔާ ފްލެޓް ސަރަޙައްދުގައި ކްލިނިކެއް ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވަނީ، 2،196.91 އަކަފޫޓުގެ 04-H12-G ޔުނިޓެވެ. ކްލިނިކްގެ އިތުރުން 542.39 އަކަފޫޓުގެ 02-H12-G ޔުނިޓް، ފާމަސީއެއް ހިންގުމަށް ވަނީ ހުޅުވާލަފައެވެ.

މީގެއިތުރުން، ސުޕަމާކެޓް ހިންގުމަށް 2 ޔުނިޓެއް ކަނޑައެޅިފައިވެއެވެ. އެގޮތުން 3106.89 އަކަފޫޓުގެ 05-H16-G ވަނަ ޔުނިޓާއި 3291.28 އަކަފޫޓުގެ 01-H14-G ވަނަ ޔުނިޓު ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގްރޯސަރީ ސްޓޯރ ހިންގުމަށް، 1096.52 އަކަފޫޓުގެ 08-H12-G ޔުނިޓާއި 1093.40 އަކަފޫޓުގެ 01-H16-G ޔުނިޓް ކުއްޔަށް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެއިން ކޮންމެ ޔުނިޓަކަށް، ފުރަތަމަ 2 އަހަރު ނެގުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 15ރ އެވެ. އަދި 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް މި ޔުނިޓްއަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައިވެސް ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 30ރ އެވެ.

އެ ހުރިހާ ވިޔަފާރި ޔުނިޓްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ކްލިނިކް ހިންގަން ދޫކުރާ ޖާގައާއި ފާމަސީ ހިންގަން ދޫކުރާ ޖާގައާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގައެވެ. ސުޕަމާކެޓް ހިންގަން ދޫކުރާ ޖާގައިގެ މައުލޫމާތު ދޭނީ މި މަހުގެ 29 ވަަނަ ދުވަހު މެންދުރުފަހު 2:00ގައެވެ.

އަންނަ އަހަރު ކުރީކޮޅު ފްލެޓް ލިބޭ ފަރާތްތަކާ އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތާ ދިރިއުޅޭ މީހުންނަށް ބޭނުވާ ހިދްމަތްތައް ފަސޭހައި ލިބޭނެ ގޮތުގެ އިންތިޒާމުތައް އެޗްޑީސީން ދަނީ ހަމަޖައްސަމުންނެވެ. 25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ ފްލެޓްތަކުގައި މިހާރު ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ދަނީ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ 25 ބުރީގެ 16 ޓަވަރުގެ އުޅޭ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ ބޭނުން ކުރަން ނިންމާފައިވަނީ ފިހާރަތަކަށާއި ބުކްޝޮޕްތަކަށާއި ސެކިއުރިޓީއާއި ކުނި މެނޭޖް ކުރުމާއި އިމާރާތުގެ މެއިންޓެނެންސް އަދި އިދާރީ ކަންކަމުގެ އިތުރުން، ކްލިނިކްތައް ފަދަ ތަންތަން ހިންގުމަށެވެ.

އެޗްޑީސީން ނިންމާފައިވަނީ 25 ބުރީގެ 16 ޓަވަރުން 6720 ފްލެޓް ނުވަތަ ޔުނިޓް ދިނުމަށެވެ. އެޗްޑީސީން ލަފާކުރާ ގޮތުގައި ހިޔާ ފްލެޓްތަކުގައި ގާތްގަނޑަށް 40،000 މީހުން ދިރިއުޅޭނެ އެވެ.

- ކޮމެންޓް