ލ. އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އެބަދާކަމަށެެވެ. އަދި މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާކަމަށެވެ.
މީގެއިތުރުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ، 27 އޯގަސްޓް 2020ގައެވެ. އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޖުމްލަ 34.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.