ކ. މާލެ
|
20 ޑިސެންބަރ 2020 | އާދީއްތަ 20:50
އަފްގާނިސްތާނުގައި ދިން ކާރު ބޮމުގެ ހަމަލާއަށްފަހު އެ ސަރަހައްދުގައި އެގައުމުގެ ސިފައިން ފޯރިމަރަނީ
އަފްގާނިސްތާނުގައި ދިން ކާރު ބޮމުގެ ހަމަލާއަށްފަހު އެ ސަރަހައްދުގައި އެގައުމުގެ ސިފައިން ފޯރިމަރަނީ
އަފްގާނިސްތާނުގައި ބޮމުގެ ހަމަލާއެއް
އަފްގާނިސްތާނުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް
 
ހަމަލާގައި 8 މީހަކު މަރުވެ 15 މީހުން ޒަހަމްވި
 
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ
 
މި ހަމަލާއާއި ގުޅިގެން ކައިރީގައި ހުރި ވެހިކަލްތައް އަދި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 8 މީހަކު މަރުވެ 15 މީހަކު ޒަހަމްވެއްޖެއެވެ.

އަފްގާނިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، އެ ހާދިސާ ހިނގައިފައިވަނީ އަފްގާނިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޚާން މުހައްމަދު ވަރުދަކު ދަތުރުކުރައްވަމުން ގެންދިޔަ ކާރާއި އަމާޒުކޮށެވެ. ނަމަވެސް މި ހަމަލާގައި މެމްބަރު ޚާންއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މި ހަމަލާއާއި ގުޅިގެން ކައިރީގައި ހުރި ވެހިކަލްތައް އަދި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ހަމަލާގެ ސަބަބުން 15 މީހުން ޒަހަމްވެ 8 މީހަކު ވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު، މި މަހު ކުރީކޮޅުދިން މިފަދަ ހަމަލާއެއްގެ ޒިންމާ އިސްލާމިކް ސްޓޭޓުން ވަނީ ނަގާފައެވެ. އެ ފަހަރުގެ ހަމަލާއަކީ ތައުލީމީ އިމާރާތަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. އެހަމަލާގައި 50 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
50%
0%
50%
ކޮމެންޓް