ކ. މާލެ
|
16 ޑިސެންބަރ 2020 | ބުދަ 15:49
އަބޫދާބީގެ ހޮސްޕިޓަލެއްގައި ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ
އަބޫދާބީގެ ހޮސްޕިޓަލެއްގައި ބަލި މީހުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ޔޫއޭއީގެ ހާލަތު
ކޮވިޑުގެ ދެވަނަ ރާޅު ޔޫއޭއީއަށް: ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް!
 
ޔޫއޭއީގައި މިހާތަނަށް އައިއިރު 187,267 މީހުންނަށް ވައިރަސް ޖެހިފައިވޭ
 
އަންގާރަ ދުވަހު ބަލީގައި 4 މީހަކު މަރުވި
 
ފާއިތުވި 24 ގަޑިއިރު 1،226 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާން ފަށައިފިއެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފާއިތުވި 24 ގަޑިއިރު 1،226 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 7،267ށް އަރާފައިވާއިރު ކަމާއި ގުޅޭ މާހިރުން ސިފަކުރާ ގޮތުގައި އެ ގައުމަށް މިވަނީ ކޮވިޑްގެ ދެވަނަ ރާޅު ނަގާފައެވެ.

މީގެ އިތުރުން، ބަލީގައި ހަތަރު މީހަކު މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 622 ށް އަރާފައެވެ. ހެލްތް މިނިސްޓްރީން ބުނީ، ޕޮޒިޓިވްވި ހުރިހާ އެންމެންގެ ހާލު ރަނގަޅުކަމަށާއި ހުރިހާ އެންމެނަށްވެސް ދޭންޖެހޭ ފަރުވާ ދެމުންދާކަމަށެވެ. ފާއިތުވި 24 ގަޑިއިރު އެ ގައުމުގެ ސިއްހީ ވުޒާރާއިން ވަނީ 155،000 ށް ވުރެން ގިނަ ސާމްޕަލް ނަގާފައެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެންމެ އިސްކަމެއް ދޭކަމަކީ ޓެސްޓް ހެދޭ މިންވަރު އިތުރުކޮށް ބަލި ހަލުވިކަމާއި އެކު ފެތުރިގެން ދިޔުމުގެ ކުރިން ދެނެގަތުން ކަމަށެވެ. އެގޮތުން، ކުރީ ބައިގައި ބަލި ހުރިކަން ދެނެގަނެ ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޔޫއޭއީގައި މިހާތަނަށް އައިއިރު 187,267 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 622 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އެ ގައުމުގެ ވަކިވަކި ސްޓޭޓްތަކުން މީހުން ވައިރަހަށް ޕޮޒިޓިވްވަމުންދާ އަދަދާއި މަރުވަމުންދާ އަދަދު ސަރުކާރުން ހާމަކުރަމުންނެއް ނުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް