ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 00:10
ކޮވިޑްގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ކޮވިޑްގެ ރޭންޑަމް ސާމްޕަލް ނަގަމުން ދަނިކޮށް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ކޮވިޑަށް އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ
47 މީހަކު ވަނީ ބަލިން ރަނގަޅުވެފައި
މާލޭ ސަރަހައްދުން 15 މީހުން ވަނީ ޕޮޒިޓިވްވެފައި

ކޮވިޑް-19 އަށް އިތުރު 20 މީހަކު ޕޮޒިޓިވްވެ، 47 މީހަކު ބަލިން ރަނގަޅުވެއްޖެ ކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް 2،035 މީހެއްގެ ގައިން ސާމްޕަލް ނަގައިފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 20 މީހެކެވެ.

ކޮވިޑަށް އިތުރު 20 މީހަކު ޕޮޒިޓިވްވުމާއިއެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 607 އަރައިފައެވެ. އެގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުން 2 މީހަކާއި، ރިސޯޓްތަކުން 2 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި އެހެނިހެން (ކަނޑުމަތިން) 1 މީހެއް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތައް ބުނެއެވެ،

މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 67 އަށް އަރައިފައިވާއިރު، ރާއްޖެއިން މިހާތަނަށް 13،368 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދަކީ 12،706 އެވެ. އަދި މި ބަލީގައި ރާއްޖެއިން 48 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް