މަސް ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ، 3 މީހަކު ޒަހަމުވެއްޖެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ، މ. ކޮޅުފުށީގެ 26 މޭލު ބޭރުގައި އޮތް "ވިލާ ވާލި-13" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި ރޯވެ މީހަކު ޒަހަމްވިކަމުގެ ރިޕޯޓު ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ހާއިރު ލިބިފައިވާކަމަށެވެ.
ދޯނީގައި އެވަގުތު ތިބި ފަޅުވެރިން އަލިފާން ނިއްވާފައިވާއިރު، އިތުރު 2 މީހުންނަށް ޒަހަމްވިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި، ޒަހަމްވި 3 މީހުންވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއި އެކު މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހިއްސާކޮށްފައެއް ނުވެއެވެ.