ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 15:43
ކިންގްސްޓަން ގެ ޖެނެރަލް މެނޭޖަރ އަލީ ނިޝާރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ
ކިންގްސްޓަން ގެ ޖެނެރަލް މެނޭޖަރ އަލީ ނިޝާރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ކިންގްސްޓަންގެ ޚާއްސަ ޕްރޮމޯޝަން
ކިންގްސްޓަންގެ ޚާއްސަ ޕްރޮމޯޝަނެއް: ސައިކަލު ގަތުމުން އަހަރަކަށް އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް ހިލޭ
ރޭޑިއޭޓަރ ކޫލަންޓާއި އަޑީތެޔޮ އަހަރެއް ވަންދެން ހިލޭ ލިބޭނެ
ންސްޓޯލްމަންޓް ފެސިލިޓީތައް މެދުވެރިކޮށް ސައިކަލު ގަންނަ މީހުންނަށްވެސް ބައިވެރިވެވޭނެ

ސައިކަލު ގަތުމުން އަހަރަކަށް އަޑީތެލާއި ރޭޑިއޭޓަރ ކޫލަންޓް ހިލޭ ލިބޭ ޕްރޮމޯޝަނެއް ކިންގްސްޓަން ފިހާރައިން ފަށައިފި އެވެ.

މިހިނގާ ޑިސެމްބަރު މަހުގެ 10ން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 10 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ކިންގްސްޓަން ގެ ޖެނެރަލް މެނޭޖަރ އަލީ ނިޝާރު ވިދާޅުވީ، މި ޕްރޮމޯޝަންގެ ނަމަކީ "ތެލާ ފެނާ" ކަމަށެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އެ މުއްދަތުގެ ތެރޭގައި ކިންގްސްޓަން އިން ގަންނަ ކޮންމެ ސައިކަލަކަށް ރޭޑިއޭޓަރ ކޫލަންޓާއި އަޑީތެޔޮ އަހަރެއް ވަންދެން ހިލޭ ލިބޭނެކަން ނިޝާރު ފާހަގަ ކުރެއްވި އެވެ.

ނިޝާރު އިތުރަށް ވިދާޅުވީ، މި ޕްރޮމޯޝަންގެ މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެއްވުން ކަމަށެވެ. އަދި ޕްރޮމޯޝަންގެ ދަށުން ސައިކަލު ގަންނަ ކަސްޓަމަރުން ކިންގްސްޓަންގެ ސަރވިސް ސެންޓަރަށް އައުމުން އެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރވިސް ސެންޓަރަށް ވަޑައިގެންނެވީމާ ސާރވިސް ސެންޓަރުން އަޅައިދޭނެ، ދެން ރަށް ރަށަށް ގެންދާ ސައިކަލުތައް ނަމަ އަޅުގަނޑުމެންނަށް ގުޅާފައި ބުނުމުން ރަށްރަށަށްވެސް ފޯރުކޮށްދޭނަން،
ކިންގްސްޓަން ގެ ޖެނެރަލް މެނޭޖަރ އަލީ ނިޝާރު

އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކިންގްސްޓަންގެ މެނޭޖަރ، ޝޯވް ރޫމް ފާތިމަތު މާޝާ ސައީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމަންޓް ފެސިލިޓީތައް މެދުވެރިކޮށް ސައިކަލު ގަންނަ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖެތެރޭ ރަށްރަށުގައި އުޅޭ ކަސްޓަމަރުންނަށްވެސް މިކޮޅަށް ދުރުވެ ސައިކަލު ސަރވިސް ކޮށްލުމަށް ދަތިވާނަމަ ސައިކަލު ބޯޓަށް އަރުވާފައި އަޅުގަނޑުމެންނަށް ބޯޓު ޑީޓެއިލްސްތައް ޝެއަރ ކުރެއްވުމުން މިކޮޅުން ސައިކަލު ނަގާ ސާރވިސް ކޮށްފައި އަޅުގަނޑުމެން އެ ބޯޓަކަށް ސައިކަލު ގެންގޮސްދޭނަން
ކިންގްސްޓަންގެ މެނޭޖަރ، ޝޯވް ރޫމް ފާތިމަތު މާޝާ ސައީދު

ކިންގްސްޓަން އިން ސައިކަލުގެ ވިޔަފާރި ކުރަމުންދާތާ 3 އަހަރުވެފައިވާ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

- ކޮމެންޓް