ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 19:00
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ބެންކް އޮފް މޯލްޑިވްސް
ކޮވިޑް-19 ރިކަވަރީ ސްކީމް
ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން ދޫކުރާ ލޯން 394 ވިޔަފާރިއަކަށް
ރިކަވަރީ ސްކީމްގެ ލޯނަށް އެދި 590 ފަރާތަކުން ވަނީ ހުށައަޅާފައި
މިހާތަނަށް ލޯނުގެ ގޮތުގައި ދޫކޮށްފައި ވަނީ 554.7 މިލިއަން ރުފިޔާ އާއި އަށް މިލިއަން އެމެރިކާ ޑޮލަރު

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 394 ވިޔަފާރިއަކަށް ލޯން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރ 19 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ ކޮވިޑް-19 އިކޮނޮމިކް ރިކަވަރީ ސްކީމްގެ ދަށުން 554.7 މިލިއަން ރުފިޔާ އާއި އަށް މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައެވެ.

ރިކަވަރީ ސްކީމްގެ ލޯނަށް އެދި 590 ފަރާތަކުން ހުށައަޅާފައިވާ އިރު، އެޕްރޫވްކޮށްފައި ވަނީ 417 ފޯމެވެ. އަދި 17 ފޯމެއް ރިޖެކްޓުކޮށްފައިވާ އިރު، 18 ފޯމެއް މިހާރު ވަނީ ޕްރޮސެސިންގައެވެ. ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި ހުށައަޅާފައިވާ 138 ފޯމެއް ރަނގަޅަށް ފުރިހަމަ ނުވާ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން ދޫކުރާ ލޯނުތަށް ދޫކުރަނީ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ރިސޯޓްތަކާއި 2019 ވަނަ އަހަރު ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކުންފުނިތަކަށެވެ.

މި ލޯނަކީ ރަހުނަކާއި ނުލައި ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކައި ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާއިރު، މި ހަ މަސް ދުވަހަށް އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ނުހިނގާނެއެވެ.

- ކޮމެންޓް