އަހަރުގެ ފަހުކޮޅަށް އަމާޒު ކޮށްގެން "ރެޑްވޭވް އަހަރީ ބާޒާރު" ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެކަމާ ގުޅޭގޮތުން ރެޑްވޭވުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ 20 ނޮވެމްބަރ 2020 އިން ފެށިގެން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކަމަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ޤާއިމް ކުރެވިފައިވާ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ކަނޑައެޅިފައިވާ އައިޓަމްސްތަކަކުން ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެކަން ފާހަގަކޮށް ރެޑްވޭވުން ބުނީ، މި ޕްރޮމޯޝަނުން ގިނަ ފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު، އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ.
ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 300ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާއިރު، ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާ ލިބިގެންދެއެވެ. އަދި އެއްވަނަ އަށް ގުރުއަތުން ހޮވޭ ފަރާތަކަށް 25،000ރ. ގެ ފައިސާގެ އިނާމް ލިބިގެންދާއިރު، އަހަރީ ބާޒާރުގެ ތެރެއިން ޝާރޕް އޭސީއިންނާއި އޭސީ އިންސްޓޮލޭޝަންއިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެ ކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުންވެސް މިފަދަ އިތުރު އޮފަރތަށް މި ޕްރޮމޯޝަންގެ ތެރެއިން ކުރިއަށް ދާއިރު، މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށް ވެސް ބައިވެރިވެވަޑައި ގަނެވޭނެއެވެ. އަދި ރެޑްވޭވްގެ ވެބްސައިޓު www.redwave.mv އިން ތަކެތި ބައްލަވައި ގަންނަވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.
އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މި ޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މި އަހަރު ވެސް ލިބޭނެކަމުގައި އެކުންފުނިން ޔަޤީންކުރެއެވެ. ރެޑްވޭވްގެ އިލްތިމާސަކީ ސޭވް ކުރުމަށް ކަސްޓަމަރުން އިތުރު އަހައްމިއްޔަތުކަމެއް ދީފައިމިވާ ކޮވިޑްގެ ދަނޑިވަޅުގައި، ގިނަ ކަސްޓަމަރުންތަކެއް ރެޑްވޭވްގެ ފިހާރަތަކަށް ވަޑައިގެން، ފުރުސަތުގެ ބޭނުން ހިއްޕަވާ، ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމެވެ.