ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 16:39
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް ކޮވިޑް ރިލީފް ފައިނޭންސިން
ބީއެމްއެލްއިން އެސްއެމްއީތަކަށް ކޮވިޑް ރިލީފް ފައިނޭންސިން ދޫކުރަނީ
 
ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާ އާއި ހަމައަށް ލޯން ނެގޭނެ
 
މިލޯނަށް އެދި ހުށައެޅޭނީ އެސްއެމްއީ ތަކުގެ ތެރެއިން 3،000 އަށް ވުރެ މަދު މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިތަކަށް
 
އީއައިބީ އިން ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 20 މިލިއަން ޔޫރޯގެ ލޯނެއް ދޫކޮށްފައި

ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑް ރިލީފް ފައިނޭންސިން ދޫކުރަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ބީއެމްއެލް މެދުވެރިކޮށް ދޫކުރުމަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތަކަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އާއި ގުޅިގެން ދޫކުރާ ފެސިލިޓީތަކެކެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން އީއައިބީއިން ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 20 މިލިއަން ޔޫރޯގެ ލޯން އެގްރީމެންޓެއްގައި ފިނޭންސް މިނިސްޓްރީ އަދި ބީއެމްއެލްއާއި އެކު ސޮއިކޮށްފައެވެ.

މި އެގްރީމެންޓްގައި މި އަހަރުގެ ޖޫން މަހު ސޮއިކޮށްފައިވާއިރު، މިއީ ރާއްޖޭގެ ފަތުުރުވެރިކަމުގެ ސިނާއަތާއި އިންޑަސްޓްރިއަލް ސިނާއަތުގެ ވިޔަފާރިތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދީ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރެވުނު ފެސިލިޓީއެކެވެ.

މި ލޯނަށް އެދި ހުށައެޅޭނީ އެސްއެމްއީތަކުގެ ތެރެއިން 3،000 އަށް ވުރެ މަދު މުވައްޒަފުން ވަޒީފާ އަދާކުރާ ކުންފުނިތަކަށް ކަމަށް ފިނޭންސްއިން ބުނެއެވެ. އަދި ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ލޯން ނެގޭނެ ކަމަށާއި މި ލޯން ތަކަކީ ކުޑަ އިންޓްރެސްޓެއްގައި ދޫކުރެވޭ ލޯންތަކެއް ކަމަށް ފިނޭންސްއިން ފާހަގަކުރެއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މި ލޯނަލީ އެކްސްޓަރނަލް ލެންޑިން މެންޑޭޓް (އީއެލްއެމް) މެދުވެރިކޮށް ޔޫރަޕިއަން ޔޫނިއަންގެ ކޮޕްރެހެންސިވް ގެރެންޓީއަކާއިއެކު ލިބިފައިވާ ލޯނެކެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއީ އީޔޫ އާއި އެކު އޭޝިއާގެ ގައުމަކުން ކޮވިޑް-19 އާއި ގުޅިގެން ރިލީފް ފައިނޭންސިންއެއްގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށާއި، މިއި ރާއްޖެއާއި އީޔޫއާ ދެމެދު އޮންނަ ރަނގަޅު ގުޅުން ދައްކައިދޭ އެއްބަސްވުމެއް ކަމަށް ވިދާޅުވެ، އީއައިބީއަށް ޝުކުރު އަދާކުރާއްވާފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަރ ވަނީ މި ފެސިލިޓީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާއި ގުޅުން ހުރި ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަަމަށާއި ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އަލުން މަސައްކަތްތައް ފެށުމަށް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރުން އަވަހަށް އަރައިގަނެވޭނެ ކަމަށްވެސް ޓިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް