ކ. މާލެ
|
13 ނޮވެންބަރ 2020 | ހުކުރު 13:01
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ލޯން
އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން 872.5 މިލިއަން ރުފިޔާ ދޫކޮށްފި
 
އެސްޑީއެފްސީ އިން ވަނީ 319.7 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައި
 
ބީއެމްއެލް އިން 552.8 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި 872.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރިސޯޓްތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތަކަށް 552.8 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ. އެގޮތުން ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި 584 ފަރާތުން ފޯމު ލާފައިވާ އިރު، އެޕްރުވްކޮށްފައި ވަނީ 417 ފޯމެވެ. އަދި 392 މީހުންނަށް ލޯނު ދޫކޮށްފައިވާ އިރު، 17 ފޯމެއް ވަނީ ރިޖެކްޓު ކޮށްފަ އެވެ.

މީގެ އިތުރުން، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މިހާތަނަށް 319.7 މިލިއަން ރުފިޔާގެ ލޯން ވަނީ ދޫކޮށްފައެވެ. މިއީ 1,917 ފަރާތަކަށެވެ.

އެގޮތުން އަމިއްލަ މަސައްކަތް ކުރާ 601 ފަރާތަކަށް 18.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ކުދި އަދި މެދު ފަންތީގެ 1,316 ވިޔަފާރިއަކަށް 301.6 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީ އިން ވަނީ ދޫކޮށްފަ އެވެ.

ކޮވިޑް19 ވިޔަފާރި އެހީގެ ދަށުން އަންހެން މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީ އިން ލޯނު ދޫކުރަމުން އަންނަ އިރު، މިހާތަނަށް 114.5 މިލިއަން ރުފިޔާގެ ލޯން، 553 ފަރާތަކަށް ދިނުމަށް ވަނީ އެޕްރޫވްކޮށްފަ އެވެ.

އެއީ އަމިއްލަ މަސައްކަތް ކުރާ 120 ފަރާތަކަށް 3.6 މިލިއަން ރުފިޔާ އާއި 433 އެސްއެމްއީ އަކަށް 110.9 މިލިއަން ރުފިޔާގެ ލޯނެވެ.

ބީއެމްއެލް އަދި އެސްޑީއެފްސީ އިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާއި އެކުއެވެ. އެގޮތުން ބީއެމްއެލް އިން ރިސޯޓް ތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވިޔަފާރިތަކަށް ލޯނު ދޫކުރާ އިރު، އެސްޑީއެފްސީ އިން ލޯނު ދޫކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް