ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 21:17
މެކްސްކޮމްގެ އައުޓްލެޓެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
މެކްސްކޮމްގެ އައުޓްލެޓެއް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މެކްސްކޮމް އިޔަރ އެންޑް ސޭލް
މެކްސްކޮމް އިޔަރ އެންޑް ސޭލް ނޮވެމްބަރ 10 އަކުން ޖެނުއަރީ 15 އަށް
 
ލަކީ ޑްރޯގައި ބައިވެރިވެވޭނީ މެކްސްކޮމްގެ ޝޯރޫމަކުން ވިޔަފާރު ކުރުމުން
 
ގްރޭންޑް ޕްރައިޒްގެ ގޮތުގައި މެކްސްކޮމްއިން ތިން އިނާމެއް ހުށައަޅާފައިވޭ
 
ކޮންމެ ހަފްތާއަކު ބާއްވާ ލަކީޑްރޯއެއްގައި ނަސީބުވެރި ފަރާތެއް ހޮވާނެ

މެކްސްކޮމް ޓެކްނޮލޮޖީސްގެ އިޔަރ އެންޑް ސޭލް މި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރު ޖެނުއަރީ 15 ވަނަ ދުވަހަށް ކުރިއަށް ގެންދަން އެ ފިހާރައިން ނިންމައިފިއެވެ.

މި ސޭލް ކުރިއަށް ގެންދާ ދުވަސްވަރު ކޮންމެ ހަފްތާއަކު ބާއްވާ ލަކީ ޑްރޯއެއްގައި އިނާމުގެ ވެރިފަރާތް ހޮވާނެ ކަމަށް މެކްސްކޮމްއިން ބުނެއެވެ. އަދި ސޭލް ނިމުމުން ގްރޭންޑް 3 ޕްރައިޒް ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ ތެރޭގައި އަގުހުރި ޑެލް ލެޕްޓޮޕްއަކާއި ސްމާޓް ފޯނަކާއި އަދި ސްމާޓް ވޮޗްއެއް ހިމެނޭ ކަމަށް މެކްސްކޮމްއިން ބުނެއެވެ. މެކްސްކޮމްއިން ބުނީ މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ މެކްސްކޮމްގެ ޝޯރޫމަކުން ވިޔަފާރު ކުރުމުން ކަމަށެވެ.

މި ސޭލްގެ ތެރޭގައި އަގުހެޔޮކޮށް ބައެއް ޕްރޮޑަކްޓްސް ލިބޭނެ ކަމަށާއި މީގެ ތެރޭގައި ޑެލް ޑެސްކްޓޮޕް ތިން އަހަރުގެ ވޮރަންޓީއާއި އެކު ލިބުމާއި ސްކޫލް ކުދިންނާއި ގޭގައި އަދި އޮފީސް ތަކުގައި މަސައްކަތް ކުރާ މީހުންނަށް ލެޕްޓޮޕް، ޓެބްލެޓް، މޮބައިލް ފޯން ވޮރަންޓީއާއިއެކު ލިބިގެންދާނެ ކަމަށް މެކްސްކޮމްއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް