ކ. މާލެ
|
7 ނޮވެންބަރ 2020 | ހޮނިހިރު 07:56
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބެންކް އޮފް މޯލްޑިވްސް
ކޮވިޑް-19 ރިކަވަރީ ސްކީމް
ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން 550 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި
ކަވަރީ ސްކީމްގެ ލޯނަށް އެދި 582 ފަރާތަކުން ވަނީ ހުށައަޅާފައި
މިހާތަނަށް ލޯނުދޫކޮށްފައި ވަނީ 391 ފަރާތަކަށް
އޮކްޓޫބަރ 29 ވަނަ ދުވަހުގެ ނިޔަލަށް 551.8 މިލިއަން ރުފިޔާ އާއި އަށް މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން 550 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮކްޓޫބަރ 29 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކޮވިޑް-19 އިކޮނޮމިކް ރިކަވަރީ ސްކީމްގެ ދަށުން 551.8 މިލިއަން ރުފިޔާ އާއި އަށް މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައެވެ.

މިއީ ރިކަވަރީ ސްކީމްގެ ލޯނަށް އެދި ހުށައަޅާފައިވާ 582 ފަރާތުގެ ތެރެއިން 391 އެއް ފަރާތަށް ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން ބަލައިގަނެފައި ވަނީ 417 ފޯމެވެ. އަދި 17 ފޯމެއް ރިޖެކްޓުކޮށްފައިވާ އިރު، 14 ފޯމެއް މިހާރު ވަނީ ޕްރޮސެސިންގައެވެ.

ބީއެމްއެލް އިން ދޫކުރާ ލޯނަށް އެދި ހުށައަޅާފައިވާ 134 ފޯމެއް ރަނގަޅަށް ފުރިހަމަ ނުވާކަމަށް ވެސް ފިނޭންސް އިން ބުނެއެވެ.

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބީއެމްއެލް އިން ދޫކުރާ ލޯނުތަށް ދޫކުރަނީ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ރިސޯޓްތަކާއި 2019 ވަނަ އަހަރު ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކުންފުނިތަކަށެވެ.

މި ލޯނަކީ ރަހުނަކާއި ނުލައި ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކައި ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާއިރު، މި ހަ މަސް ދުވަހަށް އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ނުހިނގާނެއެވެ.

- ކޮމެންޓް