ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 08:58
މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު
މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު
މަޖިލިސް
ދިވެހި ސަރުކާރުގެ ހަރަދު ދަށަށް ދިއުން
ހަރަދުތައް ކުޑަކުރުމުން ވެސް ސަރުކާރުގެ ހަރަދު ދަށްވީ އެންމެ 1.4 އިންސައްތަ
އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 21.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައި
ސަރުކާރުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 16.5 ބިލިއަން ރުފިޔާ
ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 6.7 ބިލިއަން ރުފިޔާ

ހަރަދުތައް މަދުކުރަން ނިންމި ނިންމުމާއިއެކު ވެސް ސަރުކާރުގެ ހަރަދު ދަށް ކުރެވުނީ އެންމެ 1.4 އިންސައްތަ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 21.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރުން ހަރަދުކޮށްފައި ވަނީ 22 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 15.1 ބިލިއަން ރުފިޔާ ފާއިތުވި އަހަރު ކުރިއިރު، މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައި ވަނީ 16.5 ބިލިއަން ރުފިޔާއެވެ.

އެގޮތުން މުސާރަ އާއި އިނާޔަތްތައް ދިނުމަށް 8.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، މުވައްޒަފުންގެ އެލަވަންސް އަށް 3.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އަދި މުވައްޒަފުންގެ އެލަވަންސް އަށް 3.2 ބިލިއަން ވަނީ ހަރަދުކޮށްފައެވެ. ޕެންޝަނަށް 919.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، ރިޓަޔަމެންޓް ބެނެފިޓްގެ ގޮތުގައި 379.6 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސްގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

މީގެ އިތުރުން، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހޭދަ ކޮށްފައިވާ އިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ހޭދަ ކޮށްފައި ވަނީ 5.5 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ކެޕިޓަލް އިކުއިޕްމެންޓަށް 221.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިންފްރާސްޓްރަކްޗަރ އެސެޓްސް އަށް ހަރަދުކޮށްފައި ވަނީ 3.3 ބިލިއަން ރުފިޔާއެވެ. އަދި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް އާއި އިންވެސްޓްމެންޓް އައުޓްލޭސް އަށް ދެ ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

- ކޮމެންޓް