ކ. މާލެ
|
6 ނޮވެންބަރ 2020 | ހުކުރު 08:45
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ޓެކުހުން ސަރުކާރަށް ލިބުނު އާމްދަނީ
ސަރުކާރަށް ޓެކުހުން ލިބުނު އާމްދަނީ 37 އިންސައްތަ ދަށަށް
 
ކެޕިޓަލް ރިސީޕްޓްސް ގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 17.8 މިލިއަން ރުފިޔާ
 
ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާ
 
ޓެކުހުގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާ

ސަރުކާރަށް ޓެކުހުން ލިބުނު އާމްދަނީ 37 އިންސައްތަ ދަށަށް ގޮސްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ވީކްލީ ސްޓެޓިސްޓިކްސް ދައްކާ ގޮތުން އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ސަރުކާރަށް ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ޓެކުހުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ސަރުކާރަށް ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައި ވަނީ 2.1 ބިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 5.3 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު 60 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ރިސީޕްޓްސް ގެ ގޮތުގައި ސަރުކާރަށް 17.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 7.6 މިލިއަން ރުފިޔާއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 2019 ވަނަ އަހަރުގެ މި މުއްދަތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މި އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 603.8 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފިނޭންސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރުގެ އޮކްޓޫބަރ މަހުގެ 29 ގެ ނިލަށް އާމްދަނީގެ ގޮތުގައި ޖުމްލަ 23 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ އިރު، މި އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 22.5 ބިލިއަން ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ