ކ. މާލެ
|
4 ނޮވެންބަރ 2020 | ބުދަ 09:48
ރާއްޖޭގެ ގެސްޓްހައުސް އެއް
ރާއްޖޭގެ ގެސްޓްހައުސް އެއް
މިހާތަނަށް ހުއްދަދެވިފައިވާ ގެސްޓްހައުސްތައް
13 ރަށަކުން 49 ގެސްޓްހައުސް އަށް ހުއްދަ ދީފި
 
އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ ރާއްޖެ އައިސްފައިވަނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު
 
ބޯޑަރު ހުޅުވާލި ފަހުން 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި
 
މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ ތޮށްޑޫގައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރި ހުއްޓާލާފައި އޮތުމަށްފަހު އަލުން ގެސްޓްހައުސްތައް ހުޅުވާލި ފަހުން ރާއްޖޭގެ 13 ރަށަކުން 49 ގެސްޓްހައުސް އަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީ އިން ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ގެސްޓްހައުސް ވިޔަފާރި ފެށުމުގެ ހުއްދަ ދެވުމާއިއެކު ނޮވެމްބަރ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ހުއްދަ ދީފައި ވަނީ ނ. ފޮއްދޫ، ކ. ހުރާ، ވ. ފުލިދޫ، ވ. ތިނަދޫ، އއ. މަތިވެރި؛ ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، ކ. ގުރައިދޫ، އއ. ރަސްދޫ، ކ. ހިންމަފުށި، އއ. ރަސްދޫ އަދި އައްޑޫ ސިޓީ ފޭދޫ އާއި އެ ސިޓީގެ މަރަދޫފޭދޫގައި ހުރި 49 ގެސްޓްހައުސް އަކަށެވެ.

މިނިސްޓްރީގެ މައުލޫމާތުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުޅުވާފައި ވަނީ ތޮއްޑޫގައިއެވެ. އެއީ ނުވަ ގެސްޓްހައުސްއެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލި ފަހުން 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ ރާއްޖެ އައިސްފައިވާ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހެވެ.

އެދުވަހު 1،582 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި