ކ. މާލެ
|
24 އޮކްޓޯބަރ 2020 | ހޮނިހިރު 00:12
ނައިޖީރިއާގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން
ނައިޖީރިއާގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން
ގެޓީ އިމޭޖަސް
ނައިޖީރިއާގައި ކުރަމުން އަންނަ މުޒާހަރާ
ނައިޖީރިއާގައި ކުރަމުންދާ މުޒާހަރާތަކުގައި 69 މީހުން މަރުވެއްޖެ
 
ނައިޖީރިއާގައި ކުރަމުންދާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ބުހާރީގެ އިސްތިއުފާއަށް ވެސް ގޮވާލާފައި
 
އިދިކޮޅު ލީޑަރުންނާއިއެކު ބުހާރީ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އިސްލާހީ މަސައްކަތް ފަށްޓަވަން ނިންމަވައިފައި
 
މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ފުލުހުންގެ އިތުރުން ސިފައިން ވެސް ހިމެނޭ

ނައިޖީރިއާގެ ކުރަމުންދާ މުޒާހަރާގައި 69 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް މުހައްމަދު ބުހާރީ ވިދާޅުވެއްޖެއެވެ.

ބުހާރީ މިހެން ވިދާޅުވީ އެ ގައުމުގެ އިދިކޮޅު ލީޑަރުންނާއިއެކު ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު ވާހަކަ ދައްކަވަމުންނެވެ. ނައިޖީރިއާ ރައްޔިތުން މުޒާހަރާ ކުރަމުން އަންނަނީ އެ ގައުމުގެ ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވުމުގައި އެ ގައުމުގެ އިދާރާތަކާއި ފުލުހުންގެ މުއައްސަސާ ފެއިލްވެފައިވާ ކަމަށް ބުނެއެވެ.

އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި ކުރިޔަށްދާ މުޒާހަރާތަކުގައި އާންމުންގެ އިތުރުން ފުލުހުންނާއި ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އިދިކޮޅު ލީޑަރުންނާއި އެކު ބުހާރީ ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ އިސްލާހީ މަސައްކަތް ފައްޓަވަން ނިންމަވައިފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އެކަން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މުޒާހަރާ ކުރިޔަށް ގެންދިއުން އެންމެ ރަނގަޅު ކަމަށާއި، އެކަމަކު މުޒާހަރާގައި ޓެރެރިޒަމްގެ އަމަލުތައް ހިންގާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނައިޖީރިއާގައި ކުރަމުންދާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ބުހާރީގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ. އަދި ގައުމު ހަމަ މަގުން ގެންދެވޭނީ އިދިކޮޅު ލީޑަރުންނަށް ކަމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް