އެމެރިކާގެ ނިއުޔޯކްގެ ސަނީ ވަންއޮންޓަ ކޮލެޖުގައި ކިޔަވަމުންދާ 700 ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮލެޖްގެ ރައީސް އިސްތިއުފާ ދެއްވައިފިއެވެ.
ވަންއޮންޓަ ކޮލެޖުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮލެޖުގެ ރައީސް ޑރ. ބަރބަރާ މޮރިސް ކޮލެޖްގެ ރައީސްގެ މަގާމުން އެކަހެރިވެފައިވާ ކަމަށް. އޭނޭ އެކަހެރިވީ މި ކޭސްތަކާއި ގުޅިގެން ކަމަށް ސީދާ ބުނެފައި ނުވީ ނަމަވެސް، މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އިސްތިތުފާ ދެއްވީ މި ފެނުނު ކޮވިޑް ކްލަސްޓަރއާ ގުޅިގެންނެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު ކޮލެޖްގެ ރެޒިޑެންސް ހޯލްސް ހުޅުވާލުމަށް ފަހު ކޮވިޑް-19 ގެ 712 ކޭސްއެއް ވަނީ ފެނިފައެވެ. ކޭސްތައް ގިނަވުމާއި ގުޅިގެން އޮގަސްޓު މަހުގެ ފަހު ކޮޅުން ފެށިގެން ކްލާސްތައް ކުރިޔަށް ގެންދަމުން އައި އޮންލައިންކޮށެވެ.
ކޮލެޖުގެ ރައީސް މަގާމުގެ އިސްތިއުފާ ދެއްވާފައި މިވަނީ، ކޮލެޖަށް ދާ ދަރިވަރުންގެ ޓެސްޓު ނުހެދުމަށާއި، ކަރަންޓީނު ނުކުރަމަށް ނިންމި ނިންމުމަށް އަމާޒުވީ ފާޑުކިޔުންތަކާ ގުޅިގެންނެވެ. އަދި ކޭސްތަކުގެ އަދަދުތައް މިހާ މައްޗަށް ދާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި ފުރަތަމަ ކޮޅު ބަލި ފެނުމުން، އެކަށީގެންވާ ވަރުގެ ފިޔަވަޅު ނޭޅުން ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ސަނީ ވަންއޮންޓަ ކޮލެޖުގެ ވެބްސައިޓް ގައި ބުނާ ގޮތުން އެ ކޮލެޖުގައި 6700 ދަރިވަރުން ދަނީ ކިޔަވަމުންނެވެ.