ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 12:52
ރެމްޑިސިވިރް ބޭސް
ރެމްޑިސިވިރް ބޭސް
ރޮއިޓަރސް
ކޮވިޑަށް ފަރުވާ ކުރަން ރެމްޑިސިވިރް
ރެމްޑިސިވިރް ބޭހުން ކޮވިޑުގެ ފަރުވާ އަށް ކުރަނީ ކުޑަ އަސަރެއް
 
ޓްރަޔަލް ކުރިޔަށް ގެންދިޔައީ 30 ގައުމެއްގައި
 
ގިނަ ގައުމުތަކުން މި ބޭސް ބޭނުންކުރޭ

ކޮވިޑް-19 އަށް ފަރުވާދޭން ބައެއް ގައުމުތަކުން ބޭނުން ކުރާ ރެމްޑެސިވިރް ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ހޯދާ ކޮވިޑު ބަލި މީހުންގެ މުއްދަތު ނުވަތަ އެ މީހުން ދިރި ހުރުމުގެ ޗާންސްއަށް މާބޮޑު އަސަރެއް ކޮށްފައިނުވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހެދި ކްލިނިކަލް ޓްރަޔަލްސްތަކުން ހާމަވެއްޖެއެވެ.

ކޮވިޑުގެ ބަލީގެ އެންމެ ފުރަތަމަ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަން ފެށި މި ބޭސް ވަނީ، ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރުވާ އަށް ވެސް ބޭނުން ކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ކުރިޔަށް ގެންދިޔަ ޓްރަޔަލް އަކީ ''ސޮލިޑާރިޓީ'' ނަމުގައި ކުރިޔަށް ގެންދިޔަ ޓްރަޔަލް އެކެވެ. ރެންޑަމްކޮށް މި ޓްރަޔަލް ކުރިޔަށް ގެންގޮސްފައިވަނީ 30 ގައުމުގެ 405 ހޮސްޕިޓަލެއްގައެވެ. ޓްރަޔަލް ގައި 11،266 ކޮވިޑުގެ ބަލި މީހުން ބައިވެރިވިއެވެ.

މި މީހުންގެ ތެރެއިން 2750 މީހުންނަށް ރެމްޑެސިވިރް ދީފައިވާއިރު، 954 މީހަކަށް ހައިޑްރޯ ކްލްރޯކުއިން، 1411 މީހަކަށް ލޮޕިނަވިރް، 651 މީހަކަށް އިންޓަފީރޯން އާއި ލޮޕިނަވިރް އެއްކޮށް ދީފައިވާއިރު، 1412 މީހަކަށް ވަނީ އިންޓަފީރޯން ދީފައެވެ. ޓްރަޔަލްގެ 4088 މީހަކަށް ދިނީ އަދި އެއްވެސް ގޮތަކަށް ފަރުވާއެއް ކަމަށް ދިރާސާތަކުން ހޯދިފައި ނުވާ ބޭސްތަކެވެ.

މި ޓްރަޔަލްގެ ނަތީއްޖާ އަދި މިހާތަނަށް ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެއެވެ. އެމެރިކާގައި ކޮވިޑަށް ފަރުވާ ދިނުމަށް ރެމްޑިސިވަރް ބޭނުން ކުރުމުގެ ހުއްދަ މޭ މަހުގެ އެކަކުން ފެށިގެން ވަނީ ދީފައެވެ. އެއާއެކު ގިނަ ގައުމުތަކެއް ގައި ދަނީ ކޮވިޑުގެ ފަރުވާއެއްގެ ގޮތުގައި މި ބޭސް ބޭނުން ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް