ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 19:25
ތައިލޭންޑްގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން
ތައިލޭންޑްގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން
ރޮއިޓަރސް
ތައިލޭންޑްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން
ތައިލޭންޑްގައި ކުރަމުންގެންދާ މުޒާހަރާގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި
 
މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދަނީ ތައިލޭންޑްގެ ރަސްކަން ހުދުމުހުތާރު ކަމަށް
 
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ އެގައުމުގެ ވެރިރަށް ބެންކޮކްގައި ކުރިޔަށް ގެންދާ މުޒާހަރާ ވަރުގަދަ ކުރުމުން

ތައިލޭންޑްގައި މިހާރު ކުރަމުންގެންދާ މުޒާހަރާގެ ސަބަބުން އެގައުމުގެ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ އެގައުމުގެ ވެރިރަށް ބެންކޮކްގައި ކުރިޔަށް ގެންދާ މުޒާހަރާ ވަރުގަދަ ކުރުމުން ކަމަށެވެ. އަދި މިހާރު މުޒާހަރާގެ ބައިވެރިން އެގައުމުގެ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިން ގޮވަމުން ގެންދަނީ ތައިލޭންޑްގެ ރަސްކަން ހުދުމުހުތާރު ކަމަށާއި، ރަސްކަމުގެ ބަދަލުގައި ޑިމޮކްރެޓިކް ނިޒާމުން ގައުމު ހިންގުމަށް ގޮވާލާއެވެ.

މީގެ ކުރިން ތައިލޭންޑްގައި ވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކާ ވެސް އިއުލާން ކޮށްފައެވެ.

ތައިލޭންޑްގެ ފުލުހުން ބުނީ މިހާރު ކުރާ މުޒާހަރާ ހުއްޓުމަށް ގޮވާލާ ކަމަށާއި، އެހެން ނޫންނަމަ ބާރުގެ ބޭނުން ހިފަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މުޒާހަރާ ކުރާ މީހުން ސިއްހަތައް އިސްކަން ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
29%
0%
71%
0%
0%
ކޮމެންޓް