ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 14:45
ރައީސް ޓްރަމްޕްގެ ދަރިކަލުން ބަރޯން ޓްރަމްޕް
ރައީސް ޓްރަމްޕްގެ ދަރިކަލުން ބަރޯން ޓްރަމްޕް
އޭއެފްޕީ
ބަރޯން ޓްރަމްޕް އަށް ކޮވިޑް-19 ޖެހުން
ޓްރަމްޕްގެ ދަރިކަލުންނަށް ވެސް ކޮވިޑު ޖެހުނު
 
އެކަން ހާމަކުރެއްވީ މަންމާފުޅު މެލެނިޔާ
 
ވައިޓް ހައުސް އިން ކުރިން ބުނީ، ބަރޮން ނެގެޓިވް ކަމަށް

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ހަގު ދަރިކަލުން، ބަރޯން ޓްރަމްޕް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަވެއްޖެއެވެ.

ރައީސް ޓްރަމްޕްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ދެ ކަނބަލުން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. ޓްރަމްޕް އާއި މެލެނިޔާ ޕޮޒިޓިވްވިއިރު ވައިޓް ހައުސް އިން ބުނީ، ބަރޯން ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

ނަމަވެސް ބުދަ ދުވަހު މެލެނިޔާ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ދެމަފިރިކަލުން ޕޮޒިޓިވްވި އިރު ދަރިކަލުންނަށް ވެސް ކޮވިޑު ޖެހުނު ކަމަށެވެ. އެކަމަކު އެންމެ ފަހުން ހެދި ޓެސްޓުތަކުން ބަރޮން ބަލިން ރަނގަޅުވެފައިވާ ކަމަށް މެލެނިޔާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، ބަލި ޖެހުނުއިރުވެސް ބަރޯންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

އެ ބަޔާނުގައި މެލެނިޔާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވިއިރު ވަރަށް ކުޑަ އަލާމާތްތަކެއް ފެނުނު ކަމަށެވެ. އެކަމަކު ވިހާވެސް އަވަހަށް މަސައްކަތްޕުޅަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ބަރޯންގެ ހާލަތާއި ގުޅޭ ގޮތުން ބުދަ ދުވަހު ބޭއްވި ކެމްޕޭނު ރެލީއެއް ގައި ޓްރަމްޕް ވިދާޅުވީ، ބަރޯން އަށް ބަލި ޖެހުނީ ކުޑަ ދުވަސްކޮޅަކަށް ކަމަށެވެ. އެހާ ތުއްޕުޅުކަމުން އެ ބަލި ޖެހުނުކަން ހުދު ބަރޯން އަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް