ކ. މާލެ
|
15 އޮކްޓޯބަރ 2020 | ބުރާސްފަތި 03:17
ރަޝިއާގައި އުފައްދާފައިވާ ސްޕަޑްނިކް ވީގެ ޑޯޒްތަކެއް
ރަޝިއާގައި އުފައްދާފައިވާ ސްޕަޑްނިކް ވީގެ ޑޯޒްތަކެއް
އެޕިވެކްކޮރޯނާ ވެކްސިން
އެޕިވެކްކޮރޯނާ ވެކްސިން ބޭނުންކުރަން ރަޝިއާއިން ހުއްދަ ދީފި
 
މަސައްކަތް ކުރަނީ ފުރަތަމަ ޑޮމެސްޓިކް މާކެޓަށް ފޯރުކޮށް ދިނުމަށް ކަމަށް ޕޫޓިން ވިދާޅުވި
 
މި ވެކްސިން ރަޖިސްޓަރ ކޮށްފައިވަނީ ޓެސްޓިންގގެ ތިންވަނަ މަރުހަލާ ފުރިހަމަ ނުކޮށް: ރިޕޯޓްތައް
 
ދުނިޔޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ސްޕަޑްނިކް ވީ ވެކްސިނަކީ ވެސް ރަޝިއާގެ އުފެއްދުމެއް

ކޮވިޑް-19 އިން ރައްކާތެރިކޮށް ދިނުމަށް އުފައްދާފައިވާ ދެވަނަ ވެކްސިނެއް ރަޝިއާގައި ބޭނުންކުރަން ހުއްދަ ދީފި ކަމަށް އެ ގައުމުގެ ރައީސް ވްލަޑަމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޓީވީތަކުން ދުރަށް ދެއްކި މެސެޖެއްގައި ދެވަނަ ވެކްސިނެއް ރަޖިސްޓްރީ ކޮށްފައިވާ ކަން އިއުލާން ކުރައްވަމުން ޕޫޓިން ވިދާޅުވީ، އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ރަޝިއާގެ މާކެޓަށް ބޭނުންވާ ވަރަށް ވެކްސިން އުފެއްދުމަށް ކަމަށެވެ. ނަމަވެސް، ވެކްސިން ޑޯޒްތައް އުފައްދާ މިންވަރު އިތުރުކުރަން އެކުވެރި ގައުމުތަކާ އެކު މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "އެޕިވެކްކޮރޯނާ" ގެ ނަން ދެވިފައިވާ މި ވެކްސިން އުފައްދާފައި ވަނީ ރަޝިއާގެ ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ، ވެކްޓަރ ސްޓޭޓް ވިރޮލޮޖީ އެންޑް ބަޔޯޓެކްނޮލޮޖީ ސެންޓަރުންނެވެ. މި ވެކްސިނަކީ ވެސް ދުނިޔޭގައި ފުރަތަމަ ބޭނުންކުރަން ފެށި ސްޕަޑްނިކް ވީ ވެކްސިން ފަދައިން، ޓެސްޓު ކުރުމުގެ ތިންވަނަ މަރުހަލާ ފުރިހަމަ ނުކޮށް ރަޝިއާއިން ރަޖިސްޓްރީ ކުރި ވެކްސިނެކެވެ.

އެހެން ނަމަވެސް، މި ވެކްސިނަކީ ބޭނުންކުރަން ރައްކާތެރި އެއްޗެއް ކަަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. އެގޮތުން އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޓަޓްޔާނާ ގޮލިކޯވާ ވިދާޅުވީ މިހާރު އެ ވެކްސިން ބޭނުންކުރައްވާފައިވާ ކަމަށާއި، އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް ދިމާނުވާ ކަމަށެވެ.

ރަޝިއާއިން އުފައްދާފައިވާ ވެކްސިންތަކާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ރައްދުގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އެ ގައުމުން ވެސް ގެންގުޅެނީ ހުޅަނގުގެ ގައުމުތަކުންނާއި ޗައިނާގެ ފާސްޓް-ޓްރެކް ޕްރޮގްރާމްތަކާ އެއްގޮތް އުސޫލުތަކެއް ކަމަށެވެ. އަދި މިހާރު ވެސް ޓެސްޓުތައް ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

ރަޝިއާގައި މިހާތަނަށް 1.3 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިއީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އަދަދެވެ. އެ ގައުމުގައި ވެސް މި ނުރައްކާތެރި ރޯގާގެ ދެވަނަ ރާޅެއް އައިސްގެން އުޅޭއިރު، ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ކޭސްތައް އަންނަނީ ފެންނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް