ޔޫރަޕުގެ ބިޒީ އެއް އެއާޕޯޓު، އިނގިރޭސިވިލާތުގެ ހީތްރޯ ބޭނުންކުރި ފަސިންޖަރުންގެ އަދަދު ސެޕްޓެމްބަރު މަހު 81 އިންސައްތައަށް ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު 1.3 މިލިއަން މީހުން ވަނީ ހީތްރޯ އެއާޕޯޓުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް 6.8 މިލިއަން ފަސިންޖަރުން ވަނީ ހީތްރޯ އެއާޕޯޓް ބޭނުންކޮށްފައެވެ. މިދިޔަ މަހު އެއާޕޯޓް ބޭނުންކުރި މީހުންގެ ދެބައިކުޅައި އެއްބައި ފަސެންޖަރުންނަކީ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން ނުވަތަ ޔޫރަޕްގެ މީހުންނެވެ.
މިދިޔަ މަހު 1.3 މިލިއަން މީހުން ވަނީ ހީތުރޯ އެއާޕޯޓުން ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައިބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް 6.8 މިލިއަން ފަސިންޖަރުން ވަނީ ހީތުރޯ އެއާޕޯޓް ބޭނުންކޮށްފައެވެ. ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެއާޕޯޓް ބޭނުންކުރި މީހުންގެ ދެބައިކުޅައި އެއްބައި ފަސިންޖަރުންނަކީ ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން އެއާޕޯޓު ބޭނުންކުރި މީހުންނެވެ.
އެއާޕޯޓުން ބުނީ، ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ އިތުރުން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ މިންވަރު ދަށްވުމުން ވިޔަފާރީގެ ބޭނުމުގައި ދިގު ދަތުރުތައް ކޮށްފައި އަންނަ އައުން އަދިވެސް އޮތީ މަޑުޖެހިފައި ކަމަށެވެ.
ހުސްވި ހަފުތާގައި އިނގިރޭސި ސަރުކާރުން ވަނީ ގައުމަށް އެތެރެވާ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރަން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލާފައެވެ. އެކަމުގެ މައިގަނޑު މަގްސަދަކީ އެތެރެވާ ފަސެންޖަރުންގެ ކަރަންޓީނުވާން ޖެހޭ މުއްދަތު ވީހާވެސް ކުޑަކުރުމެވެ.
ހީތްރޯގެ ޗީފް އެކްޒެކްޓިވް ޖޯން ހޮލަން ކޭ ވިދާޅުވީ، ސަރުކާރުގެ ޓާސްކުފޯހަކީ ކުރިޔަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް އޭވިއޭޝަން ސިނާއަތަށް ބަރޯސާވެގެން މަސައްކަތްކުރާ މިލިއަނެއްހާ މީހުންގެ ވަޒީފާ ސަލާމަތްކުރަން ވީހާވެސް އަވަހަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އެވިއޭޝަން އިންޑަސްޓްރީއަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ގިނަ ދުވަސްތަކަކަށް ބޯޑަރުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ބައެއް ގައުމުތަކުގެ އެއާލައިންތަކަށް ވަނީ އިޔާދަ ނުކުރެވޭވަރު ގެއްލުންވެފައެވެ. ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން މިހާރުވެސް ދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.