ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 03:34
ސައުދީގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދާ ކަމަށް ރިޕޯޓުތަކުން ބުނޭ
ސައުދީގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަށަށްދާ ކަމަށް ރިޕޯޓުތަކުން ބުނޭ
ސައުދީ ގެޒެޓް
ކޮވިޑް-19 ކޭސްތައް
ސައުދީގައި ކޮވިޑްގެ ކޭސްތައް ދަށަށް ދާން ފަށައިފި
ހުކުރު ދުވަހު ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓު ކޮށްފައިވަނީ ޖުމްލަ 407 ކޭސް
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު މަރުވެފައިވޭ
މިހާތަނަށް ސައުދީގައި ކޮވިޑް-19ގެ 338،539 ކޭސް ރިޕޯޓުކޮށްފައިވޭ

ސައުދީ އަރަބިއްޔާގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު ދަށްވެއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެ، ބަލިން ފަސޭހަވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުކުރު ދުވަހު ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓު ކޮށްފައިވަނީ ޖުމްލަ 407 ކޭސްއެވެ.

ސައުދީގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޭސްތައް ރިޕޯޓު ކުރާ މިންވަރު ދަށްވި ނަމަވެސް ހާލު ސީރިއަސްވުމާ ގުޅިގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދީނާއިން 54، މައްކާއިން 39، ޔަންބު 27, ހަފޫފް 23، ރިޔާދުން 23 އަދި ޑޭމަން 18 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.

މިހާތަނަށް ސައުދީގައި ކޮވިޑް-19ގެ 338،539 ކޭސް ރިޕޯޓު ކޮށްފައިވާއިރު، 4996 މީހުން މަރުވެފައިވެއެވެ. އަދި މިހާތަނަށް ބަލިން ފަސޭހަވެފައިވަނީ 324،282 މީހުންނެވެ.

- ކޮމެންޓް