ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 18:06
ވެމްކޯގެ މުވައްޒަފުން ކުނި އުކާލަނީ
ވެމްކޯގެ މުވައްޒަފުން ކުނި އުކާލަނީ
ރާއްޖެއެމްވީ
ވިޔަފާރިތަކުން ކުނި އުކާލުމަށް ރެޖިސްޓަރވާންޖެހޭ
ވިޔަފާރި ކުރާ ތަންތަނުން ކުނި އުކާލުމަށް ވެމްކޯގައި ރަޖިސްޓަރީވުމަށް އެދިއްޖެ
ވިޔަފާރިތަކުން ނެރޭ ކުނި ގޭބީސީތަކުން ނެރޭ ކުންޏާ އެއްނުކުރުމަށް ވަނީ އެދިފައި
ކުނި ބަންދު ކުރާއިރު ދެކޮތަޅަށް ލުމަށް ވަނީ އެދިފައި
ކަނޑައެޅިފައިވާ ގަޑީގައި ކުނި ބޭރަށް ނެރުމަށް ވަނީ އެދިފައި

ވިޔަފާރި ކުރާ ތަންތަނުން ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރަޖިސްޓަރ ވުމަށް އެކުންފުނިން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ވިޔަފާރި ކުރާ ތަންތަނުން، ޚާއްސަކޮށް ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ކުނި އުކާލުމަށްޓަކައި ވެމްކޯގައި ރެޖިސްޓަރ ވާން އެދޭ ކަމަށެވެ.

ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ރައްކައުތެރި ކަމަށްޓަކައި ގޭގެ އަށް ނުވަދެ ކުނި ނެގުމަށް ގޭގެ ދޮރުމަތިން ކުނި ބެހެއްޓުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް ބައެއް ފަހަރު ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރެންޓްތަކުން ނެރޭ ކުނި ގޭބީސީތަކުން ނެރޭ ކުންޏާއި އެއްކޮށްފައި ބަހައްޓާކަން ފާހަގަ ކުރެވޭ ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ކުނި އުކާލުމުގެ ޚިދުމަތްދޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00ން މެންދުރު 12:00ށް އަދި ރޭގަނޑު 7:00ން 9:30 އަށެވެ.

އަދި ގޭބީސީތަކުން ނެރޭ ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑި އަކީ މެންދުރު 12:00ން މެންދުރު ފަހު 14:00 އަށެވެ.

ފަހަކަށް އައިސް ބައެއް ބައެއް ގޭބީސީތަކުން އަންގާފައިވާ ގަޑީގެ އިތުރުން އެހެން ގަޑިތަކުގައި ކުނި ތިރިއަށް ބާލަމުންދާ ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި ބަންދު ކުރާއިރު ދެ ކޮތަޅަށް ލުމާއި, ލީކުވާ ތަކެތި ނުހުންނަ ގޮތަށް ކުނި ބަންދު ކުރުމާއި ކޮމާޝަލް ކުނީގެ ގޮތުގައި ހިމެނޭ ކުނި (އަވަން، ގޭސް އުންދުން، އިސްތިރި) ފަދަ ތަކެތި އުކާލުމަށް ވަކިން އެދުމަށް ވަނީ ވެމްކޯ އިން އިލްތިމާސް ކޮށްފައެވެ.

ކުންޏާއި ބެހޭ ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ފަހަކަށް އައިސް މާލޭ ސިޓީގެ މަގުތަކުގައި އެކި ހިސާބުތަކުގައި ކުނި ފުނި ޖައްސާފައި ހުންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ޙާއްސަކޮށް ޖަލާލުއްދީން މިސްކިތް ހުންނަ ސަރަހައްދުގައި ކުނި ފުނި ޖަހާފައި ހުންނަ ކަމަށް ވެމްކޯ އިން ބުނެއެވެ.

ކުންޏާއި ބެހޭ ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް އެންމެ ފުރިހަމަ އަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

- ކޮމެންޓް