ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 17:51
ދިރާގާއި ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ ގުޅިގެން ބޭއްވި ދުވުން
ދިރާގާއި ލޯފަން މީހުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ ގުޅިގެން ބޭއްވި ދުވުން
ދިރާގު
ދިރާގު
ދިރާގުން ރާއްޖޭގެ ލޯފަން މީހުންގެ ޙައްޤުތައް ހިމާޔަތް ކުރާ ޖަމްޢިއްޔާ އަށް އިތުރު އެހީތަކެއް!
2016އިން ފެށިގެން ދިރާގުން އަންނަނީ މި ހިދުމަތް ހިލޭ ފޯރުކޮށްދެމުން
ޑިޖިޓަލް މުވާސަލާތުގެ ހިދުމަތުގެ ސަބަބުން ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭ
ތަފާތު ކުޅިވަރާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމާއި ކޮވިޑާއި ގުޅިގެން ހާއްސަ ޕްރޮގްރާމްތައްވެސް ޖަމިއްޔާއިން ހިންގާ

ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" މިއަހަރު ވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ. ވީ. އައި. އެސް. އެމް) އަށް މި ޚިދުމަތް ދިރާގުން ހިލޭ ފޯރުކޮށްދެމުން އަންނައިރު، މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ. އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވާކަން ފާހަގަކޮށް ދިރާގުން ނެރުނު ބަޔާނުގައި ބުނީ، ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާ ކަމަށާއި މި ޚިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭ ކަމަށެވެ.

އަދި މިޚިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހި ކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާ ކަމަށް ދިރާގުން ބުނެއެވެ. ބީ. ވީ. އައި. އެސް. އެމް. އަކީ އަހަރު ތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ތަފާތު ކުޅިވަރާއި ހޭލުންތެރި ކުރުމުގެ ޕްރޮގުރާމާއި ކޮވިޑާއި ގުޅިގެން ހާއްސަ ޕްރޮގްރާމްތައް ވެސް ހިންގާފައިވެއެވެ.

ދިރާގުން މި ޚިދުމަތް ދިނުމުގެ މައިގަޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް