ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 17:16
ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދަނީ
ރާއްޖެއެމްވީ
ވެމްކޯ
ރަޖިސްޓްރޭޝަން ކެންސަލް ކުރަމުން ދިއުމާއި ގުޅިގެން ވެމްކޯ އަށް ލިބޭ އާމްދަނީގެ 50 އިންސައްތަ ދަށްވެއްޖެ
ގޭބީސީތަކުން ރެޖިސްޓްރޭޝަން ކެންސަލް ނުކުރުމަށް ވަނީ އެދިފައި
ކުނފުނީގެ 80 އިން ސައްތަ އަކީ ދިވެހި މުވައްޒަފުން

ގޭބީސީތަކުން ރަޖިސްޓްރޭޝަން ކެންސަލް ކުރުމާއި ގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލިބޭ އާމްދަނީ 50 އިން ސައްތަ ދަށަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ މިދިޔަ މާރަޗް މަހާ އަޅާބަލާއިރު ފާއިތުވި މަސްތަކުގައި ވެމްކޯ އަށް ލިބޭ ހައުސްހޯލްޑް އިންކަމްގެ 50 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

މީގެ މައިގަނޑު އެއް ސަބަބަކީ ގިނަ ފަރާތްތަކުން ބިލްތައް ކެންސަލް ކުރުމާއި ބިލަށް ދައްކަން ޖެހޭ އުޖޫރަ ނުދައްކާތީ ކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ.

އާދަމް މުހައްމަދު އިތުރަށް ވިދާޅުވީ ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރަޖިސްޓްރީ ނުކޮށް ހުރި ގޭބީސީ ތަކާއި ރަޖިސްޓްރީ ކޮށްފައި ހުރި ގޭބީސީތަކުގެ ވެސް ކުނި އުކާލަމުންދާ ކަމަށާއި ނަމަވެސް ފަހަކަށް އައިސް ގިނަ ގޭބީސީތަކުން ރަޖިސްޓްރެޝަން ކެންސަލް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މި ކުރައްވާ ކަމަކީ ބިލިން ކެންސަލޭޝަންއަށް ލީމާ އެބޭފުޅުން ޕޭކުރަން ނުޖެހޭގޮތަށް މި ކެންސަލް މި ކޮށްލައްވަނީ، އަޅުގަނޑު ދަންނަވާނީ އެއްވެސް ބޭފުޅަކު އެކަން އެގޮތަށް ނުކުރައްވާށޭ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު

ވެމްކޯ އަކީ 24 ގަޑިއިރު މަސައްކަތް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ އާދަމް މުހައްމަދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަތުން ވަރަށް ކުޑަ އުޖޫރައެއް ނަގައިގެން ކަމަށެވެ.

ކުންފުނީގެ 80 އިންސައްތަ އަކީ ދިވެހި މުވައްޒަފުން ކަމަށާއި، ދިވެހިންނަށް އިސްކަން ދީގެން މަސައްކަތް ކުރަމުންދާއިރު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް
11 ސެޕްޓެންބަރ 2020 | ހުކުރު 11:57
އިރުއަލި
މިހާރު ކުނި ނަގަނީ މަގުމަތިންވީމަ ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންވެސް ކުނިކޮތަޅު މަގުމަތީ ބެހެއްޓީމަ ވެމްކޯއިން ހިލޭ އުކާލަދޭނަމަ، އެންމެންވެސް ބޭނުންވާނީ ހިލޭ ކުނި އުކާށެވެ. ރަޖިސްޓްރީ ކޮށްފަތިބި ގޭބިސީތަކުންވެސް ލާރި ނުދެއްކިޔަސް ޚިދުމަތް ކަނޑާލވޭނެގޮތެއް ނެތެވެ. އަނެއްކާ ކުރިން ގޭގެތިރިން ކުނި ނެގުމަށް -/100 ހަޖައްސާފައިވާއިރު އެޕާޓްމަންޓުން ކުނި ނަގަނީ -/150 އަށް ނަމަވެސް މިހާ ގޭގެތިރިއަށް ކުނިބާލަން މަޖުބޫކޮށްފަވެސް ހަމަ މިޖެހެނީ -/150 ދައްކާށެވެ. ފައިސާ ނަގައިގެން ރައްޔިތުންނަށް ދޭ ޚިދުމަތެއް ދޭންވާނީ ހަމަހަމަ ކަމާ އިންސާފންނެވެ. -/1 ޚަރަދު ނުކޮށް ވާންއޮތިއްޔާ މިހާލަތުގަ ޚަރަދެއް ނުކުރާނެއެވެ. ގިނަމީހުން ކަރަންޓާ ފެން ބިލުވެސް ދައްކަނީ ޚިދުމަތް ކަނޑާލަފާނެކަމުގެ ބިރަށެވެ.