ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:12
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންތަކެއް
އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންތަކެއް
igmh
ނަރުހުން ހޯދުމަށް އިއުލާންކުރުން
ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަނީ
42 ދިވެހި ނަރުހުން ހޯދުމަށް ވަނީ އިއުލާންކޮށްފައި
މަގާމަށް އެދި ހުށަހަޅަންޖެހެނީ 23 ސެޕްޓެމްބަރ ގެ 13:30ގެ ކުރިން

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ 42 ދިވެހި ނަރުހުން ހޯދުމަށް އެދޭކަމަށެވެ.

އެގޮތުން އިއުލާން ކޮށްފައިވަނީ ރެޖިސްޓަރޑް ނަރސް އާއި ސީނިއަރ ރެޖިސްޓަރޑް ނަރސް އަދި ކްލިނިކަލް ނަރސް ހޯދުމަށެވެ.

ރެޖިސްޓާޑް ނަރުހަކީ ނާސިންގެ ރޮނގަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްނަމަ އަސާސީ މުސާރައަކީ 9060 ރުފިޔާއެވެ. އަދި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ ތެރެއިން ސަނަދެއް ހާސިލްކޮށްފައިވާ ނަރުހެއްގެ އަސާސީ މުސާރައަކީ 9،360 އާއި 9،670 ރުފިޔާ ދެމެދުގެ މުސާރަ އެކެވެ.

މީގެ އިތުރުން ސީނިއާ ރަޖިސްޓާޑް ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 9،670 އިން ފެށިގެން 10,160 ދެމެދުގެ މުސާރައެއް ލިބިގެންދާއިރު، ކްލިނިކަލް ނަރުހަކަށް މަހަކު 10,410 އާއި 10,940 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

މަގާމަށް އެދި ހުށަހަޅަންޖެހެނީ 23 ސެޕްޓެމްބަރ ގެ 13:30ގެ ކުރިންނެވެ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ސެޕްޓެމްބަރ 30 އާއި އޮކްޓޯބަރ މަހުގެ 15 އާ ދެމެދު ވަޒިފާއަށް އެދި ކުރިމަތިލާ ޞިއްޙީ މަރުކަޒެއްގައި އޮންނާނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

- ކޮމެންޓް