ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 12:05
ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް އިވެންޓްގެ ތެރެއިން
ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް އިވެންޓްގެ ތެރެއިން
ޖެންޑާ މިނިސްޓްރީ
އަމާން މުޖުތަމައުއެއް ބިނާ ކުރުން
އަމާން މުޖުތަމައުއެއް ބިނާކުރުމަށް އަންހެނުންނާއި ކުޑަކުދިންގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭ: ޖެންޑަރ މިނިސްޓަރު
މިޑިޖިޓަލް ޕޯޓަލަކީ ކޮމަންވެލްތާއި ނޯ މޯ ގުޅިގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕޯޓަލްއެއް
ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަށް އިތުރު ކުރިއެރުންތައް ލިބޭނެ
ޑިޖިޓަލް ޕޯޓަލް ލޯންޗުކޮށްދެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް

އަމާން މުޖުތަމައުއެއް ބިނާކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ މަސްލަހަތަށް އިސްކަންދިނުމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ގޮވާލައިފިއެވެ.

މިނިސްޓަރު މިހެން ގޮވާލެއްވީ ކޮމަންވެލްތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ''ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް'' އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.

ވަރޗުއަލްކޮށް ބޭއްވި މި އިވެންޓުގައި ޑިޖިޓަލް ޕޯޓަލް ލޯންޗުކޮށްދެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑެވެ.

މި އިވެންޓުގައި މިނިސްޓަރު އައިޝަތު ވަނީ ޚާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ. މި މެސެޖުގައި ކޮވިޑް-19ން އަރައިގަތުމަށާއި، އަދުލުވެރި ރައްކާތެރި އަދި އަމާން މުޖުތަމައުއެއް ބިނާކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ މަސްލަތަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އައިޝަތު ވާހަކަދެއްކެވިއެވެ.

މި ޑިޖިޓަލް ޕޯޓަލަކީ ކޮމަންވެލްތާއި، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ކަމުގައިވާ “ނޯ މޯ” ގުޅިގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕޯޓަލެކެވެ.

މި ޕޯޓަލްގެ ސަބަބުން ކޮމަންވެލްތު މެންބަރު ގައުމުތަކާއި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުން ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

- ކޮމެންޓް