އައްޑޫ ސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ހުޅުދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، "ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު، 28 ސެޕްޓެންބަރު 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކުރިން އެއިދާރާގެ ހުޅުދޫ އަވަށު އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި[email protected]އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ޝަކުވާ ހުށަހަޅާ ފޯމު އެއިދާރާގެ ވެބްސައިޓުން (www.adducity.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި ހުޅުދޫ އަވަށު އޮފީހުން ލިބޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.