ކ. މާލެ
|
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 01:54
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ބަންގްލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުން 4.448 ކިލޯގެ މަސްތުވާތަކެތި
މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3.558,400 ރުފިޔާއަށް އަރާ

ވައިގެ މަގުން ބަންގްލަދޭޝް އިން ރާއްޖެ އައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ 2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޝައްކު ކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލް ކުރިއިރު ކެނަބިސް އަށް ވަނީ ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އޭނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.448 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާ އަށް އަރާ ކަމަށެވެ. މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

- ކޮމެންޓް
10 ސެޕްޓެންބަރ 2020 | ބުރާސްފަތި 08:20
ރައްޓެހި މީހާ
އަދި އޭނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4448 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 4.4 ޓަނު ވިއްޔަ. ނޫނޭ ކުޅަދާނަ... ހަބަރު ލިޔުނު ކުއްޖާއައް އެއަރލައިނުން ސަލާންބުނި....