ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 12:55
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
ރާއްޖެއެމްވީ
ގާސިމްގެ މާލީ ބަޔާން
ގާސިމްގެ މާލީ ބަޔާން: މިލްކިއްޔާތުގައި ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
އާމްދަނީގެ ގޮތުގައި 11.49 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވޭ
ރާއްޖޭގައި ހަތަރު އެކައުންޓެއްގެ އިތުރުން ބޭރުގެ ގައުމުތަކުގައި ދެ އެކައުންޓެއް ގެންގުޅުއްވާ
ގާސިމްގެ މިލްކިއްޔާތުގައި ނުވަ ބިމެއް އޮވޭ

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މިލްކިއްޔާތުގައި ބިލިޔަނަކަށް ވުރެ މަތިން އަގުކުރެވޭ އަދަދަށް ފައިސާ އާއި މުދާ ހުރިކަން ހާމަވެއްޖެއެވެ.

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ވަނީ، މިދިޔަ އަހަރުގެ މެއި މަހުގެ 28ން މި އަހަރުގެ މެއި މަހުގެ 27 ނިޔަލަށް މެންބަރުންގެ މާލީ ބަޔާންތައް އާއްމުކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި މެންބަރު ގާސިމަށް ވަނީ އާމްދަނީގެ ގޮތުގައި 11.49 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައެވެ. އެއީ އެ މަނިކުފާނުގެ ވިޔަފާރިތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ މުސާރަައިގެ ގޮތުގައި 9،564،438.34 (ނުވަ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ހަތަރު ސަތޭކަ ތިރީސް އަށް ރުފިޔާ ތިރީސް ހަތަރު ލާރި) ރުފިޔާ ލިބިވަޑައިގަންނަވައެވެ. ގާސިމް ދިރިއުޅުއްވާ މާފަންނުވިލާގެ ގުދަން އަދި ފުޅޮއި ގަރާޖް ކުއްޔަށް ދީގެން 1،740،000 (އެއް މިލިޔަން ހަތް ލައްކަ ސާޅީސް ހާސް) ރުފިޔާ އަދި ގާސިމްގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުން ހިއްސާގެ ފައިދާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި ލިބިފައިވާ 188،200 (އެއްލައްކަ އަށްޑިހަ އަށްހާސް ދުއިސައްތަ) ރުފިޔާއެވެ.

ގާސިމްގެ މާލީ ބަޔާނު ދައްކާ ގޮތުން ރާއްޖޭގައި ހަތަރު އެކައުންޓެއްގެ އިތުރުން ބޭރުގެ ގައުމުތަކުގައި ދެ އެކައުންޓެއް ގެންގުޅުއްވައެވެ. މި އެކައުންޓްތަކުގެ ތެރެއިން ބީއެމްއެލްގެ ރުފިޔާ އެކައުންޓުގައި 141،608.78 (އެއް ލައްކަ ސާޅީސް އެއްހާސް ހަ ސަތޭކަ އަށް ރުފިޔާ ހަތްދިހަ އަށްލާރި) ހުރިއިރު، ބީއެމްއެލްގެ ޑޮލަރު އެކައުންޓުގައި 691.72 ޑޮލަރު - 10,659.41 (ދިހަ ހާސް ހަ ސަތޭކަ ފަންސާސް ނުވަ ރުފިޔާ ސާޅިސް އެއް ލާރި) އެބަހުއްޓެވެ.

އޭގެ އިތުރުން ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ގާސިމްގެ އަމިއްލަފުޅު ދެ އެކައުންޓުގައި ޖުމްލަ 119،163.91 (އެއްލައްކަ ނަވާރަ ހާސް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ނުވަދިހަ އެއް ލާރި) އެބަހުއްޓެވެ. އެއީ އެސްބީއައި ރުފިޔާ އެކައުންޓުގައި ހުރި 60،173.66 (ފަސްދޮޅަސް ހާސް އެއް ސަތޭކަ ހަތްދިހަ ތިން ރުފިޔާ ފަސްދޮޅަސް ހަ ލާރި) އާއި، އެސްބީއައި ޑޮލަރު އެކައުންޓުގައި ހުރި 3828.05 ޑޮލަރު - 58،990.25 (ފަންސާސް އަށް ހާސް ނުވަސަތޭކަ ނުވަދިހަ ރުފިޔާ ފަންސަވީސް ލާރި) އެވެ.

އަދި އެޗްއެސްބީސީ ހޮންކޮންގްގައި ގާސިމްގެ ދެ އެކައުންޓެއް އެބަހުއްޓެވެ. އެ ދެ އެކައުންޓުގެ ތެރެއިން އެއް އެކައުންޓުގައި 500 ޑޮލަރު - 7705.00 (ހަތް ހާސް ހަތްސަތޭކަ ފަސް ރުފިޔާ)، ދެވަނަ އެކައުންޓުގައި 14،742.24 ހޮންކޮންގް ޑޮލަރު - 29،311.59 (ނަވާވީސް ހާސް ތިން ސަތޭހަ އެގާރަ ރުފިޔާ ފަންސާސް ނުވަ ލާރި) އެބަހުއްޓެވެ. މާލީ ބަޔާނުން ދައްކާ ގޮތުން މި ހަ އެކައުންޓުގައި ޖުމްލަ 305،448.67 (ތިންލައްކަ ފަސްހާސް ހަތަރު ސަތޭކަ ސާޅީސް އަށް ރުފިޔާ ފަސްދޮޅަސް ހަތް ލާރި) އެބަހުއްޓެވެ.

ގާސިމްގެ މިލްކިއްޔާތުގައި ނުވަ ބިމެއް އޮވެއެވެ. އެ ބިންތަކުގެ ޖުމްލަ އަގު އުޅެނީ 94 މިލިޔަނުގައެވެ. އެއީ، މާމިގިލި އިންޖީނުގެ ބިން، މ. މާފަންނު ވިލާ، މ. ބުރުމާ ވިލާ، މ. ކުނޫޒް، ވިލާ ބިލްޑިންގ، އިންޝޮޕް، ޒެރޮކްސް، މިޑްވޭ ޓްރޭޑާސްގެ އިތުރުން ވިލާ ބިލްޑިންގ 4 އެވެ.

އަދި ގާސިމް ތިން ކާރެއް ގެންގުޅުއްވައެވެ. އެ ތިންކާރުގެ ޖުމްލަ އަގު އުޅެނީ 3،400،000 (ތިން މިލިޔަން ހަތަރު ލައްކަ) ރުފިޔާ ގައެވެ. އެ ކާރުތަކަކީ 1.3 މިލިޔަން ރުފިޔާއަށް ބައްލަވައިގެންނެވި ބީއެމްޑަބްލިއު ކާރާއި، ހަމަ އެ އަގަށް ބައްލަވައިގެންނެވި މާސިޑީޒް ބެންޒްގެ އިތުރުން، އަށްލައްކަ ރުފިޔާއަށް ބައްލަވައިގެންނެވި ޕިއުގޮޓް ކާރެވެ.

ގާސިމްގެ ހިއްސާ ފަސް ކުންފުންޏެއްގައި އޮވެއެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ 11،000 (އެގާރާ ހާސް) ރުފިޔާގެ އަދަދެއް އަރާއިރު، ބީއެމްއެލްގައި އޮންނަ ހިއްސާއަށް 540،000 (ފަސް ލައްކަ ސާޅީސް ހާސް) ރުފިޔާ އަރައެވެ. އެމްޓިސީސީގައި އޮންނަ ގާސިމްގެ ހިއްސާގެ އަގަކީ 300 ރުފިޔާއެވެ. އެސްޓީއޯގެ ހިއްސާގެ އަގު 125،000 (އެއް ލައްކަ ފަންސަވީސް ހާސް) އަށް އަރާއިރު، ވިލާ ކުންފުނީގެ ހިއްސާގެ އަގު 7،600،000 ޑޮލަރު - 117,116,000.00 (ސަތޭކަ ސަތާރަ މިލިޔަން) އަށް އަރައެވެ.

ގާސިމްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާ ގެންދަވަނީ ތިން ލޯނަކަށް ފައިސާ ދައްކަވަމުންނެވެ. އެއީ އެސްބީއައިއިން ނަގާފައިވާ ދެ ލޯނެއްގެ އިތުުރުން ވިލާ ކުންފުނިން ނަގާފައިވާ ލޯނެކެވެ.

- ކޮމެންޓް