ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 12:15
ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން
ފުލުހުން ގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ތެރެއިން
ޕޮލިސް
ފައިސާއާއި މަސްތުވާ ތަކެތި ހޯދުން
ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
ދެމީހަކު ވަނީ ހައްޔަރު ކޮށްފަ
ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ގަލޮޅުގައި ހުރި ގެއަކާ، މާފަންނުގައި ހުރި ދެ ގެއެއް
މި އޮޕަރޭޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 3.301 ކިލޯގްރާމް

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕަރޓްމަންޓުން ކުރިއަށް ގެންދިޔަ އޮފަރޭޝަނެއްގައި މާލޭގެ ތިން ގެއަކުން ގިނަ އަދަދެއްގެ ފައިސާ އަދި މަސްތުވާތަކެތި ހޯދައިފިއެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހޯމަ ދުވަހު 18:15 ހާއިރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މާލޭގެ ތިން ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ.

އަދި ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ 26 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ގަލޮޅުގައި ހުރި ގެއަކާ، މާފަންނުގައި ހުރި ދެ ގެއެކެވެ.

ފުލުހުން ބުނީ އޭގެން އެއްގެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި 84 ދަޅުގެ އިތުރުން ރަބަރު ޕެކެޓްތަކަކާއެކު ޖޫސްޕެޓިީ ދެ ކޮތަޅު ފެނިފައި ވާކަމަށެވެ. އަދި 2،750 ރުފިޔާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެެވެ.

އަދި އަނެއްގެއިން 54،800 ރުފިޔާފެނިފައިވާ ކަމަށައި ގަލޮޅުގައި ހުރި ގެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ފެނިފައިވާކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

ފުލުހުން ބުނީ މި އޮޕަރޭޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 3.301 ކިލޯގްރާމް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް