ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 00:09
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު މެމްބަރުން
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު މެމްބަރުން
ޓްވިޓަރ
ގައުމީ އަރުޝީފު
ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދާ ރައީސަކަށް އާސިފް އިންތިހާބު ކޮށްފި
ގައުމީ އަރުޝީފުގެ އެޑްވައިިޒަރީ ބޯޑުގައި ނުވަ މެމްބަރުން ހިމެނިވަޑައިގަންނަވާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާ، ރައީސަކަށް މުހައްމަދު އާސިފް (މޮންދު) އިންތިހާބުކޮށްފި އެވެ.

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާފައިވަނީ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މި ބޯޑުގެ ރައީސަކަށް މުހައްމަދު އާސިފް އިންތިހާބު ކޮށްފައިވާއިރު ނައިބު ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު އާސިމެވެ. އަދި މި ބޯޑުގައި މި ދެ ބޭފުޅުން ހިމެނޭހެން ޖުމްލަ 9 ބޭފުޅުން އެޑްވައިޒަރީ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

ގައުމީ އަރުޝީފުގެ ރައީސް އާސިފަކީ ޚަބަރާއި މައުލޫމާތުގެ ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2013 ވަނަ އަހަރު ހާސިލު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ގައުމީ އަރުޝީފަކީ، ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، 19 ޖަނަވަރީ 2012 ގައި އުފެއްދެވި މުއައްސަސާއެކެވެ.

ގައުމީ އަރުޝީފަކީ ގައުމުގެ ތާރީހީ ފުރުފުތަކާއި ފަތްފުށްތަކާއި، ފަތްކޮޅުތަކާއި، ޗާޓުތަކާއި، ލިޔެކިޔުންތަކާއި ރިކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ދެމެހެއްޓުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މަރުކަޒީ މުއައްސަސާއެވެ.

- ކޮމެންޓް