ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 11:39
ނާސިހު ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނަރަލްކަން އަދާކުރައްވާފަ
ނާސިހު ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނަރަލްކަން އަދާކުރައްވާފަ
ރައީސް އޮފީސް
ސީއެސްސީގެ އައު މެމްބަރުން
ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަނުކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
ކޮމިޝަންގެ ނައިބު ރައީސް ކަމަށް އިބްރާހިމް ރަޝީދު އައްޔަނު ކުރަން ވެސް ޕީޖީން ނިންމި
ނާސިހު ވަނީ ހިންގުމުގެ ދާއިރާގައި 28 އަހަރާއި އެއް މަސް ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނުކުރަން ފެންނަކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އާދީއްތަ ދުވަހު ނިންމައިފިއެވެ.

މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލްކަން އަދާކުރެއްވި ނާސިހު ވަނީ ހިންގުމުގެ ދާއިރާގައި 28 އަހަރާއި އެއް މަސް ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އޭނާ ވަނީ މާސްޓަރސް އޮފް އިންޖިނިއަރިންގ އިން މަތީ ތައުލީމް ހާސިލުކުރައްވާފައެވެ.

ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަނުކުރަން ޕީޖީ އިން ފާސްކޮށްފައިވަނީ އިބްރާހިމް ރަޝީދުގެ ނަންފުޅެވެ. އިބްރާހިމް ރަޝީދަކީ ޔުނިވަރސިޓީ އޮފް މައިސޫރުން ބެޗްލަރސް އޮފް އާރޓްސް އިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހިންގުމުގެ ދާއިރާގެ ތަޖުރިބާގެ މުއްދަތަށް ބަލާލާއިރު 10 އަހަރާއި 6 މަސްދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ.

ދެން ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ މި ދެބޭފުޅުންނާއި އެކު ކޮމިޝަންއަށް އައްޔަނުކުރެވުނު މުހައްމަދު ފަރުޝަތު އާއި ފާތިމަތު ޝަރީފެވެ. މި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރެއްވީ ބުރާސްފަތި ދުވަހުއެެވެ.

ދެން ކޮމިޝަންގައި ހުންނަވަނީ ކޮމިޝަންގެ މެމްބަރު ފާތިފަތު އާމިރާއެވެ.

- ކޮމެންޓް