ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 12:28
ކޮވިޑް-19 އާއި ދެކޮޅަށް ގައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ކޮވިޑް-19 އާއި ދެކޮޅަށް ގައުމުތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ކޮވިޑް-19
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 27 މިލިއަނަށް ވުރެ މައްޗަށް އަރައިފި
މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 27,066,533 އަށް އަރާފަ
ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 883,744 އަށް އަރާފަ
ބަލި ޖެހުނު މީހުންގެ ތެރެއިން 19,170,146 މީހުން ވަނީ ބަލިން ރަނގަޅުވެފަ

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމަލް އަދަދު ވަނީ 27 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 27,066,533 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 883,744 އަށް އަރާފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން 19,170,146 މީހުން ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އެމެރިކާ އިން މިހާރު 6,431,152 ބައްޔަށް ޕޮޒިޓިވްވެ ބަލިޖެހުނު 192,818 މީހުން ވަނީ މަރުވެފައެވެ. އަދި އެމެރިކާ އިން ބަލިޖެހުނު މީހުންގެ ތެރެއިން 3,707,000 ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.

ދެވަނަ އަށް އަދި ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާ ދެ ގައުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އުޅެނީ ދާދި އެއްވަރެއްގައެވެ. އެއީ ބްރެޒިލް އިން ބައްޔަށް ޕޮޒިޓިވްވެފަިއވާ 4,123,000 މީހުންނާއި އިންޑިއާއިން ބައްޔަށް ޕޮޒިޓިވްވެފައިވާ 4,113,811 މީހުންނެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ގިނަ ގައުމުތަކަކުން މަސައްކަތްކުރަމުންދާ އިރު، ބައެއް ގައުމުތަކުން ތައްޔާރުކުރާ ވެކްސިން މިހާރު އޮތީ ޓެސްޓުކުރުމުގެ ފަހު މަރުހަލާގައިއެވެ. އަދި ގައުމުތަކުން މިއަހަރުގެ ތެރޭގައި ވެކްސިން ބޭނުން ކުރެވޭނެ ކަމަށް ބުނި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކޮށް ބޭނުންކުރަން ފެށޭނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް