ކ. މާލެ
|
6 ނޮވެންބަރ 2023 | ހޯމަ 07:28
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި
 
ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު އަޕްޑޭޓްކުރުން ނުވަތަ އަދާހަމަކުރުން
 
އާންމުންނަށް ފަސޭހައިން މިދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވުމަކީ މި ދަފްތަރުގެ މަގްސަދެއް
 
ޕީ.ޖީ އޮފީހުން ފޯރުކޮށްދެއްވާ މަޢުލޫމާތު ބިނާވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށެ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފިއެވެ.

އެ ދަފްތަރު އަދާހަމަކޮށް ބަލަހައްޓަމުން ދަނީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިންނެވެ.

ފުރަތަމަ ފަހަރަށް 2018 ވަނަ އަހަރު އެކުލަވާލި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި އެފަދަ ކުށްތައް ކުރާ މީހުންގެ ވަނަވަރު ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކުރި ކުށުގެ ބާވަތާއި، ޙުކުމް ތަންފީޒުކޮށް ނިމޭ ތާރީޚް ފަދަ މުހިންމު މަޢުލޫމާތުތައް އެ ދަފްތަރުގައިހިމެނެއެވެ. މީގެ ކުރިންވެސް މި ދަފްތަރު އަދާހަމަކޮށް ޝާއިއުކުރަމުން އައިކަމުގައި ވީނަމަވެސް  އާންމުންނަށް އެ ވެބްސައިޓަށް ވާޞިލުވުމަށް ދަތިތަކާއި ކުރިމަތިވިއެވެ.

މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މަޢުލޫމާތު އަޕްޑޭޓްކުރުން ނުވަތަ އަދާހަމަކުރުމެވެ. ހަމައެހެންމެ އާންމުންނަށް ފަސޭހައިން މިދަފްތަރުގައި ހުރި މަޢުލޫމާތަށް ވާޞިލުވުމަކީ މި ދަފްތަރުގެ މަގްސަދެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. މިގޮތުން، ފިލްޓަރކޮށް ދަފްތަރުގައި ހިމެނޭ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެންވެސް މަޢުލޫމާތު ހޯދޭނެގޮތް މިހާރުވަނީ ފަހިކޮށްދީފައެވެ.

މިދަފްތަރުގައި ހިމެނޭ މީހާ ހުރި ތަން ފިޔަވައި، އެހެން ހުރިހާ މަޢުލޫމާތުތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީ.ޖީ އޮފީސް) އިން ފޯރުކޮށްދެއްވުމުން، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އިން ޝާއިޢުކުރާ މަޢުލޫމާތުތައްކަން ފާހަގަކޮށްލެވެއެވެ.

ޕީ.ޖީ އޮފީހުން ފޯރުކޮށްދެއްވާ މަޢުލޫމާތު ބިނާވާނީ، ޝަރުޢީ ކޯޓަކުން ނިންމާ ޙުކުމްގެ މައްޗަށް ބިނާކޮށެވެ.

https://offenders.mv/އިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ބަލާލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް