ކ. މާލެ
|
6 ސެޕްޓެންބަރ 2020 | އާދީއްތަ 10:47
ކޮވިޑާއި ގުޅިގެން އިންޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން
ކޮވިޑާއި ގުޅިގެން އިންޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަމުން
އަލްޖަޒީރާ
ކޮވިޑް-19 އިންޑިއާގެ ހާލަތު
އެއްދުވަހާ އިންޑިއާއިން 90 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ
އާދިއްތަ ދުވަހު އެގައުމުން ވަނީ 90،632 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފަ
ޕޮޒިޓިވް ކޭސްތައް 2 ވަނައަށް އެންމެ ގިނަ ބްރެޒިލްއާއި އިންޑިއާ ދެމެދު ހުރީ 9 ހާހެއްހާ މިހުންގެ ފަރަގެއް

ކޮވިޑް-19 ފެތުރެން ފެށިފަހުން އިންޑިއާގައި އެއްދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އާދީއްތަ ދުވަހު ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު އެގައުމުން ވަނީ 90،632 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ. މިއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއާއެކު އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.1 މިލިއަނަށް އަރާފައެވެ. މީގެ އިތުރުން އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 70ށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާއިން ޕޮޒިޓިވްވާ އަދަދުތަކާއެކު މުޅި ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ބްރެޒިލް ފަހަތައް ޖައްސާލާ އިންޑިއާ ކުރިއަރައިގެންދާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 4،113،811 (ހަތަރު މިލިއަން އެއްލައްކަ ތޭރަ ހާސް އަށްސަތޭކަ އެގާރަ) މީހުންނެވެ. ދެވަނައިގައި އޮތް ބްރެޒިލުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 4،123،000 (ހަތަރު މިލިއަން އެއްލައްކަ ތޭވީސް ހާސް) އެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެގައުމުގައި މިވަގުތު ވެސް 862،320 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި 3.1 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިންޑިޔާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކުރެވެމުން އަންނަނީ ވެރިރަށް ނިއު ދިއްލި އާއި މަހަރަޝްތްރަ ސްޓޭޓް އަދި ކަރްނާޓަކާއިންނެވެ. އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނުން ހަތަރު މިލިއަނަށް އަރާފައިވަނީ ތޭރަ ދުވަހުގެ ތެރޭގައެވެ. އެގައުމުގައި އެއް މިލިއަން މީހުންނަށް ވައިރަސް ޖެހެން ސަތޭކައަށްވުރެ ގިނަ ދުވަސް ވަނީ ނަގާފައެވެ.

ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު އެންމެ ގިނަ ގައުމުގެ ގޮތުގައި އިންޑިޔާއިން ރިކޯޑް ކުރަމުން އަންނަތާ މިވަނީ ގާތްގަޑަކަށް މަސްދުވަސް ވެފައެވެ. ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދިޔަ ނަމަވެސް އިންޑިޔާ ސަރުކާރުން އަންނަނީ އިގްތިޞާދު ހުޅުވާލުމުގެ މަސައްކަތްކުރަމުންނެވެ.

- ކޮމެންޓް