ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކުން އެ ތަންތަނުގެ ކޮޓަރިތަކަށާއި ބައެއް ސާމާނަށް ގެއްލުންދޭ މައްސަލަތަކެއް ރިޕޯޓު ކުރެވިފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކަރަންޓީނު ފެސިލިޓީތަކުން މީހުން ދޫކޮށްލާއިރު ބައެއް ކޮޓަރިތަކަށް އެކިވަރުގެ ގެއްލުން ދީފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިއީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެތަނުގައި ހުންނަ ބައެއް ތަކެއްޗަށް ގެއްލުންތައް ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެތަނުގެ ފަރުދާ ކަފާލާފަ ހުރުމާއި ބެޑްޝީޓްތައް ހަލާކުކޮށްފަ ހުރުމާއި ރޫމްގައި ހުންނަ އެކި އެއްޗިއްސަށް ގެއްލުންދީފައި ހުންނަ ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަދި ބައެއް ފަހަރުއެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް
މީގެ އިތުރުން ބައެއް ފަރާތްތަކުން ކޮޓަރިތަކުގެ ސާފުތާހިރުކަން ގެއްލޭފަދަ ގޮތަކަށް ކަންތައްތައް ކުރަމުންދާކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.
ފެސިލިޓީތަކަށް ގެއްލުން ދިނުމުން އެއްވެސް ފަރާތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަން ބޭނުން ނުވާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވަނީ އެފަދަ ކަންކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރައްވާފައެވެ.