ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 22:53
ސައުދީ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މައްކާ އިން
ސައުދީ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މައްކާ އިން
ސައުދީ ގެޒެޓް
ސައުދީ ކޮވިޑް-19
ސައުދީ އިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށައިފި
ހޮނިހިރު ދުވަހު އެގައުމުން ޕޮޒިޓިވްވެފައި ވަނީ 791 މީހުން
ސައުދީ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 319,932 އަށް އަރާފަ
ސައުދީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 295,842 މީހުން ވަނީ ބަލިން ރަނގަޅުވެފަ

ސައުދީ އަރަބިޔާ އިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ސައުދީގެ ނޫސްތަކުގައިވާ ގޮތުން، އެ ގައުމުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 800ށް ވުރެ ދަށްވެފައެވެ. އެގޮތުން ހޮނިހިރު ދުވަހު އެގައުމުން ޕޮޒިޓިވްވެފައި ވަނީ 791 މީހުންނެވެ. އެއާއިއެކު މިހާރު ސައުދީ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 319,932ށް އަރާފައެވެ.

ސައުދީ އިން ހޮނިހިރު ދުވަހު މި ބަލީގައި މަރުވި 34 މީހުންނާއެކު އެގައުމުން ޖުމްލަ 4,049 މީހަކު ވަނީ މިހާރު ކޮވިޑް-19 ގައި މަރުވެފައެވެ.

މީގެ އިތުރުން ސައުދީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 295,842 މީހުން ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.

ސައުދީ އިން އެންމެ ގިނަ އަދަދަކަށް މައްކާ އިން މީހުން ޕޮޒިޓިވްވެފައިވާއިރު، އެ ގައުމުން ދަނީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް