ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 16:30
ހުއްދަ ދޫކޮށްފައިވަނީ ދުވާފަރު ފްރައިމަރީ ސްކޫލަށް
ހުއްދަ ދޫކޮށްފައިވަނީ ދުވާފަރު ފްރައިމަރީ ސްކޫލަށް
ދުވާފަރު ފްރައިމަރީ ސްކޫލް
ކޮމިއުނިޓީ ބްރޮޑްކާސްޓިން
ކޮމިއުނިޓީ ޗެނަލެއްް އުފެއްދުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ބްރޮޑްކޮމް އިން ދީފި
ހުއްދަ ދޫކުރީ ޕައިލޮޓް ޕްރޮގްރާމެއްގެ ދަށުން
އުސޫލު ވަނީ އެކުލަވާލާފައި
ހުއްދަ ދޫކޮށްފައިވަނީ ރ. ދުވާފަރު ސްކޫލަށް

ކޮމިއުނިޓީ ބްރޮޑްކާސްޓު ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ބްރޮޑްކާސްޓިން ކޮމިޝަނުން ދޫކޮށްފިއެވެ.

ކޮމިއުނިޓީ ބްރޮޑްކާސްޓިން އަކީ ވަކި ހާއްސަ މުޖުތަމައުއަކަށް ހާއްސަކޮށްގެން ވަކި ކަހަލަ ކަމަކަށް އަމާޒުކޮށްގެން ހިންގާ ޓީވީ ޗެނަލްތަކެކެވެ. ފުރަތަމަ ފަހަރަށް މި ހުއްދަ ދޫކޮށްފައިވަނީ ރ. ދުވާފަރު ޕްރައިމަރީ ސުކޫލަށެވެ. އެ ސްކޫލުން ކޮމިއުނިޓީ ބްރޮޑްކާސްޓިން މެދުވެރިކޮށް ތައުލީމީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގާނެއެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ދޫކުރި މި ހުއްދަ އަކީ ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ހިދުމަތް ތައާރަފު ކުރަން، ރާއްޖޭގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން ހުޅުވާލީ ޕައިލޮޓް ޕްރޮޖެކްޓްގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ކަމަށް ބްރޮޑްކޮމް އިން މައުލޫމާތުދެއެވެ.

ކޮމިޝަނުން ވަނީ އެ ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލު އެކުލަވާލާފައެވެ. އުސޫލުގެ ހަވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އަލަށް ހުޅުވާލެވޭ ފުރުސަތުގައި ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާ އަކީ ތައުލީމީ ދާއިރާއެވެ.

މަޝްރޫޢު އިފްތިތާހުކުރުމަށާއި، ދުވާފަރު ޕްރިމަރީ ސުކޫލަށް ކޮމިއުނިޓީ ބްރޮޑްކާސްޓިންގ ހިދުމަތް ދިނުމުގެ ހާއްސަ ހުއްދަ ލިބުމާއި ގުޅިގެން އެކަމަށް މަރުހަބާ ކިޔުމުގެ ގޮތުން، އެ ސްކޫލާއެކު ބުރާސްފަތި ދުވަހު ކޮމިޝަނުން ބޭއްވީ ޒޫމް މީޓިންގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވަނީ އެ ސުކޫލަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ހިދުމަތެއް ކަމަށެވެ. ހިދުމަތް ދޭ ފަރާތްތަކަށް ކޮމިޝަނުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބްރޮޑްކޮމް އިން މައުލޫމާތު ދެއެވެ.

- ކޮމެންޓް