ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 13:29
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމް
އިދިކޮޅުގެ ހަރަކާތްތައް މެކުހަށް
ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް މެކުހަށް، ކޮންމެ ރަށެއްގައި ކޮމިޓީއެއް އިންތިހާބު ކުރަނީ
ހަރަކާތްތައް ފުޅާވެގެންދާނެ: މުއިއްޒު
އިދިކޮޅުން ވަނީ ދާދި ފަހުން ސަރުކާރަށް ފާޑުކިޔައި އެއްވުންތަކެއް ބާއްވާފައި
އިންތިހާބު އޮންނާނީ 16 ވަނަ ދުވަހު

ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިދިކޮޅު ކޯލިޝަންގެ ހިންގާ ކޮމިޓީތަކެއް އިންތިހާބު ކުރަން ނިންމައިފިއެވެ.

ބުދަ ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަށްރަށުގައި ޕީޕީއެމްގެ ސިޔާސީ ހަރާކަތްތައް ހިންގުމަށް ނަގާ ކޮމިޓީގެ އިންތިހާބު ބާއްވާނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މި ކޮމިޓީތައް އިންތިހާބުވެގެން ދިޔުމުން ސިޔާސީ މަސައްކަތްތައް މިހާރަށް ވުރެ އެތައް ގުނައެއް ފުޅާވެގެން ދާނެއެވެ.

އިންތިހާބުގެ އިތުރު މައުލޫމާތު ދެއްވަމުން ސްޓިއަރިން ކޮމިޓީގެ ޗެއާ މުއާޒް ރަޝީދު ވިދާޅުވީ، ރަށްރަށުން މެމްބަރުންތަކެއް ހޮވުމަށް ފަހު އެ މެމްބަރުންގެ ތެރެއިން ރައީސަކު އިންތިހާބު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ބުދަ ދުވަހު ޕީޕީއެމްް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ

ޕީޕީއެމް/ޕީއެންސީގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރިތައްވަމުން އަންނަ އިރު އިދިކޮޅުން ވަނީ ''ގައުމު ވިއްކާލުމާއި'' ދެކޮޅަށް ދާދި ފަހުން މާލޭގެ އިތުރުން ރަށްރަށުގައި އަޑުއުފުލާފައެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުން އިންޑިއާއިން ދަނީ ރާއްޖެއަށް އަތްގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައިވާ ކަމަށްވެސް ތުހުމަތު ކުރެވެއެވެ. އެކަމަކު އިންޑިއާ ''ގާތް ގުޅުމެއް'' ބާއްވަމުން އަންނަ މި ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ

- ކޮމެންޓް