ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް ފިލި ބިދޭސީންތަކެއް ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ، ފިލި 11 ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުން ކަމަށެވެ. އެ މައްސަލާގައި ހޯދަމުންދާ ބިދޭސީންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
މައްސަލާގައި ހޯދަ ބިދޭސީންނަކީ:
- ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،
- ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)
- އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،
- އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،
- ސުމޮން އަޙްމަދު، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،
- ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)،
- މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،
- މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،
- އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،
- ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،
- ޝަހާދަތު ޙޮސައިން، ޗަންދުޕޫރ، ބަންގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.
އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފފުލުހުން ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ކަރަންޓީނު ފެސިލިޓީން ފިލި ބިދޭސީންތަކެއް ހޯދަން އިއުލާން ކޮށްފައެވެ.