ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 16:36
އައްޑޫ އަތޮޅުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު، އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑރ. ޖަމީލް
އައްޑޫ އަތޮޅުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒު، އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑރ. ޖަމީލް
ރާއްޖެ އެމްވީ
އައްޑޫގައި ގާއިމްކުރާ ތަމްރީން މަރުކަޒު
އައްޑޫގައި އިންޑިއާގެ އެހީގައި ހަދާ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރީ ޑރ. ޖަމީލް ކަން ހާމަވެއްޖެ!
 
އެ އެއްބަސްވުމުގައި ވާގޮތުން، މަރުކަޒު ގާއިމްކުރަން އޮތީ ޅ. އަތޮޅު ދިއްފުށިމާދޫގަ، އައްޑުއަތޮޅަށް މަރުކަޒު ބަދަލުކުރަން ނިންމީ ރައީސް ޔާމިންގެ ސަރުކާރުން
 
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑރ. ޖަމީލް
 
އެންމެ ފުރަތަމަ އިންޑިއާ ސަރުކާރާއި މި ސަރުކާރާއި ދެމެދު ސޮއި ކުރެވިފައިވަނީ 29 ސެޕްޓެމްބަރު 2012ގައި

އައްޑޫގައި އިންޑިއާގެ އެހީގައި ހަދާ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރީ ޑރ. ޖަމީލް ކަން ހާމަވެއްޖެއެވެ.

ދ. ވާނީގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހާރީޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، ދ. ވާނީގެ އިތުރުން އައްޑު އަތޮޅުގައި ފުލުހުން ތަމްރީންކުރާ މަރުކަޒެއް ގާއިމްކުރިގެންދާކަމަށެވެ. އައްޑުއަތޮޅުގައި ގާއިމްކުރެވޭ މަރުކަޒުގެ މައުލޫމާތު ހިއްސާކުރައްވަމުން ހާރިޖީ ވަޒީރު ވިދާޅުވީ، އެއީވެސް އިންޑިއާ ސަރުކާރުގެ ވަރަށް ބޮޑު ހިލޭ އެހީއެއްގެ ދަށުން ކުރަމުން ގެންދާ ޕްރޮޖެކްޓެއްކަމަށެވެ.

ނަމަވެސް އެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތަކީ ހަމައެކަނި މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ހާރިޖީ ވަޒީރު ވިދާޅުވީ އެންމެ ފުރަތަމަ އިންޑިއާ ސަރުކާރާއި މި ސަރުކާރާއި ދެމެދު ސޮއި ކުރެވިފައިވަނީ 29 ސެޕްޓެމްބަރު 2012ގައި ކަމަށެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެއިރުގެ ހޯމް މިނިސްޓަރ އަދި ފަހުން ނައިބު ރައިސްކަން ކުރެއްވި ޑރ ޖަމީލްކަމަށް ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ގާއިމްކުރެވޭ މަރުކަޒަކީ އިންޑިއާގެ ސަރުކާރުގެ ވަރަށް ބޮޑު ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަސައްކަތެއް. އެހެން ނަމަވެސް ދަންނަވަން ޖެހެނީ އެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް އެއީ ހަމައެކަނި މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ މަސައްކަތެއް ނޫން. އެކަމަކީ 2012 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަސައްކަތެއް. އެންމެ ފުރަތަމަ އެ މަރުކަޒުގެ އެމްއޯޔޫއެއްގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއި ކުރެވިފައިވަނީ އޮނަތިރީސް ސެޕްޓެމްބަރ 2012ގައި. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެއިރުގެ ހޯމް މިނިސްޓަރ އަދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ހާރިޖީ ވަޒީރު ވިދާޅުވީ އެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެއިރުގެ ހޯމް މިނިސްޓަރ ކަމަށެވެ. އެންމެ ފުރަތަމަ ޕްރޮޖެކްޓްގައި ޑރ. ޖަމީލް ސޮއިކުރައްވައި އިންޑިއާ ސަރުކާރާއެކީ ކުރިޔަށް ގެންދިއުމަށް ސޮއިކުރެއްވިއިރު އެކަން ކުރަން ނިންމާފައި އޮތީ ޅ. އަތޮޅު ދިއްފުށިމާދޫގައި ކަމަށެވެ. އޭގެ ފަހުން އެކި ބަދަލުތައް ޕްރޮޖެކްޓައް ގެނެސް 2014 ވަނަ އަހަރު ޕްރޮޖެކްޓް ބަދަލުކުރެއްވީ ލ. އަތޮޅަށް ކަމަށާއި އަދި އެއަށްފަހު އައްޑު އަތޮޅަށް ކަމަށެވެ. އަދި އައްޑުއަތޮޅަށް ބަދަލުކުރުމުގައި ކައުންސިލާއި މަޝްވަރާ ކުރެވުނުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އެއިރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުކަމަށެވެ. ވަޒީރު ވިދާޅުވީ އައްޑުއަތޮޅުގައި ގާއިމްކުރާ ބިން ކަނޑައެޅުމުގައި އިސްކޮށް ހުންނަވައި މަސައްކަތް ފައްޓަވާފައިވާކަމަށެވެ.

ޑރ. ޖަމީލް ސޮއިކުރެއްވިއިރު އެކަން ކުރަން ގަސްތުކޮށްފައި އޮތީ ޅ. ދިއްފުށިމާދޫގައި. އޭގެ ފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓް ބަދަލުކުރެއްވީ ލ. އަތޮޅަށް، އެއަށްފަހު އެ ޕްރޮޖެކްޓް ބަދަލުކުރެއްވީ އައްޑުއަތޮޅަށް. އައްޑުއަތޮޅަށް ބަދަލުކުރެއްވުމުގައި އައްޑުއަތޮޅު ކައުންސިލާއި މަޝްވަރާކުރެއްވި. އެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އެއިރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު. އައްޑުއަތޮޅަށް ޕްރޮޖެކްޓް ބަދަލުކުރައްވައި އައްޑުއަތޮޅުގައި މިހާރު އެ ގާއިމްކުރެވިގެންދާ މަރުކަޒު އެ ގާއިމު ކުރެވޭ ބިން ގާއިމްކުރުމާއި މި ކުރެވޭ ކަންކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވައި އެ މަސައްކަތް ފައްޓަވާފައިވަނީ.
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު އެންމެ އިސްކަމެއް ދެނީ ފުލުހުންގެ ތަމްރީން ލިބޭނެ ވަސީލަތްތައް ގާއިމުކުރަންކަމަށާއި ކަންކަން ލަސްކޮށް ދިގުދަންމަން ބޭނުން ނުވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން ޕްރޮޖެކްޓަށް އިތުރު ހަލުވިކަމެއް ގެނެސް އެ މަސައްކަތް އަވަސް މުއްދަތެއްގައި ނިމި ދިވެހި ފުލުހުންނަށް ތަމްރީން ދެވޭނެ އިންތިޒާމް ފަހިވެގެންދާނެކަމަށް ހާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

ހާރިޖީ ވަޒީރު މި މައުލޫމާތުތައް ހާމަކުރައްވާފައިވާއިރު، މި ސަރުކާރުން ގައުމު އިންޑިއާއަށް ވިއްކާލާއި އިންޑިއާގެ ސިފައިން ގައުމަށް ގެނައުމަށް މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން، އައްޑޫގައި ގާއިމްކުރާ މަރުކަޒަކީ އިންޑިއާ ސިފައިން ބޭތިއްބުމަށް ތަރައްގީކުރާ ތަނެއްގެ ގޮތުގައިވެސް އިދިކޮޅުން ސިފަކުރެއެވެ. މި މައުލޫމާތުތައް ހާމަވުމާއި އެކު، މިއީ ރައީސް ވަހީދު ވެރިކަމުގައި އެއިރު ހޯމް މިނިސްޓަރަށް ހުންނަވައި ޑރ. ޖަމީލް ސޮއިކުރެއްވި އެއްބަސްވުމެއްކަން އެނގެއެވެ. ޑރ. ވަހީދަކީ މިއަދު އިދިކޮޅުގައި އެންމެ ހަރުއަޑުން ވާހަކަދައްކަވާ އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރެކެވެ. އަދި ޑރ. ޖަމީލްއަކީވެސް އެ ޕާޓީގެ އެޑްވައިޒަރެކެވެ.

އައްޑޫއަށް ޕްރޮޖެކްޓް ބަދަލުކުރީވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެއިރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރުކަން މި މައުލޫމާތުތަކުން ވަނީ ހާމަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
18%
10%
3%
8%
45%
15%
ކޮމެންޓް
22 މެއި 2022 | އާދީއްތަ 14:17
ޕޕމ މަކަރު
ވަރައް ފުރިހަމަ އާޓިކަލެއް
22 މެއި 2022 | އާދީއްތަ 14:13
ކަދުރު ދައްތަ
މިހުރިހައި ކަމެއްގެ އަސްލަކީ ޔާމީން އާއި އޭނާގެ ޓީމް
22 މެއި 2022 | އާދީއްތަ 14:10
ދޫޫވެހި
މިލިއުމުންވެސް ޔާމީނުމެން ބޭޒާރުވަމުން ދަނީ އެހެން ވިމައި އަނގިގެން މިދަނީ ޔާމީނުގެ ޖާރީމާތައް ފޮރުވުމައްޓަކައި އެމީހުން ކޮއްމެފަދަ ކަމެއްވެސް ކޮއްފާނެކަން
2 ސެޕްޓެންބަރ 2020 | ބުދަ 22:41
ރީނދޫ ދޮގު
މި ޤައުމު އިންޑިޔާގެ އަޅުވެތި ކަމަށް ގެނެސް ބޮޑު ވަޒީރު ކަން ކުރަން ބޭނުންވެގެން އުޅޭ ގޮލަޔާ ،އޭނަ އަށް ތަބައަވާ ބަޔަކު ތިކަން ކޮށްގެން އުޅެނީ. ކޮންމެހެން މީހުންގެ ބޮލަށް ކަނޑާލަން އުޅޭނެ ކަމެއް ނެތް.
2 ސެޕްޓެންބަރ 2020 | ބުދަ 11:43
ކަންނެލި
މަސައްކަތް ކޮންމެ ބަޔަކު ފެށިކަމުގައި ވީނަމަވެސް އިންޑިއާ ސިފައިން ނުބޭތިއްބޭނެ. ބައިތިއްބައިގެންނުވާނެ. އައި ޖީ އެމް އެޗްވެސް ކިރިޔާ ސަލާމަތޮވެފަ އެހެރީ. ވިސްނުމާއި ޙިކުމަތް ބޭނުންކުރޭ
1 ސެޕްޓެންބަރ 2020 | އަންގާރަ 23:05
އައައައއކަބީރުވއަހުމަދު
ޢެދުވަހު ސޮއި ކުރި އޮރު އިންޑިއާ ސިފައިން އެތަނުގަ މަރުކަޒުހަދައިގެންވތިބޭކަށެއް ނޯންނާނެ ..ހެލިކޮޕްޓަރ ގެ އެއްބަސް ވުންއާންމު ނުކުރެވިގެނ ް އުޅެނީ އަދި އިންޑިއާ ސިފައިން ތިބި އަދަދު ހާމމަ ނުކުރެވިގެން އުޅެނީ ނަޝީދު ގެ އެކައުންޓައް އިންޑިއާ އިން ޖަމާކުރި މިލިއަން ޑޮލަރު ތަކުގެ ވާހަކަ އެނގިދާނެ ތީތަ
1 ސެޕްޓެންބަރ 2020 | އަންގާރަ 18:45
ޒީރޯ ނޮލެޖްގެ އާޓިކަލް އެއް..