ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 13:21
ރާއްޖޭގެ ރިޒޯޓެއް، ގުދުރަތީ ރީތިކަން
ރާއްޖޭގެ ރިޒޯޓެއް، ގުދުރަތީ ރީތިކަން
ޓްރިޕްއެޑްވައިޒަރ
ފަތުރުވެރިކަން
ގަތަރު އެއަރވޭސްގެ ޓުވިޓަރ ޕޯލް: ފަތުރުވެރިން ދާން ބޭނުންވާ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ!
ޕޯލްގައި 3،808 މީހަކު ވޯޓްލާފައިވޭ
ވޯޓުގެ 73.1 އިންސައްތަ މީހުން އެންމެ ދާން ބޭނުންވާ މަގުބޫލު މަންޒިލަކަށް ވޯޓު ދިނީ ރާއްޖެއަށް
ރުކީވިލާތަށް 12.4 އިންސައްތަ ވޯޓު ލިބިފައިވާއިރު ޓެންޒޭނިއާއަށް ލިބިފައިވަނީ 14.4 އިންސައްތަ ވޯޓު

އެންމެ ދާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ބެލުމަށް ގަތަރު އެއަރވޭސް އިން ނެގި ޓުވިޓަރ ޕޯލްއިން އެންމެ ގިނަ ވޯޓް ރާއްޖެއަށް ލިބިއްޖެއެވެ.

ގަތަރު އެއަރވޭސްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ، ދުނިޔޭގައި ފަތުރުވެރިންގެ މެދުގައި މަގްބޫލު ތިން މަންޒިލެއް އިހުތިޔާރަކަށް ދީ އެންމެ ދާން ބޭނުންވާ ގައުމަށް ވޯޓް ދިނުމަށް ޓުވިޓަރ ޕޯލްއެއް ނަގާފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ދެން އެ ލިސްޓުގައި ހިމެނެނީ، ފަތުރުވެރިންގެ މެދުގައި މަގްބޫލު، ތުރުކީވިލާތުގެ ބޯޑްރަމް ސިޓީއާއި ޓެންޒޭނިއާގެ ޒޭންޒިބަރއެވެ.

24 ގަޑިއިރަށް ހުޅުވާލި މި ޕޯލްގައި 3،808 މީހަކު ވޯޓްލާފައިވާއިރު، ވޯޓުގެ 73.1 އިންސައްތަ މީހުން އެންމެ ދާން ބޭނުންވާ މަގުބޫލު މަންޒިލަކަށް ވޯޓު ދިނީ ރާއްޖެއަށެވެ. ތުރުކީވިލާތަށް 12.4 އިންސައްތަ ވޯޓު ލިބިފައިވާއިރު ޓެންޒޭނިއާއަށް ލިބިފައިވަނީ 14.4 އިންސައްތަ ވޯޓެވެ.

ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާފައިވާއިރު މިއަހަރުގެ ނިޔަލަށް ޖުމްލަ 800،000 ފަތުރުވެރިން އަންނާ ނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭ އިޝްތިހާރު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ.

- ކޮމެންޓް