ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 21:19
ރަސްމާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދަނިކޮށް
ރަސްމާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ދަނިކޮށް
އެމްޓީސީސީ
ރަސްމާދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުން
ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއަކީ 26 ޖުލައި 2020 ގައި އެމްޓީސީސީ އަށް މޮބަލައިޒް ކުރެވިފައިވާ މަސައްކަތެއް
މިއީ 21.97 މިލިއަން ރުފިޔާގެ މަޝްރޫއެއް

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ހޯމަ ދުވަހު ފަށައިފިއެވެ.

އެމްޓީސީސީ އިން ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއު މޮބަލައިޒް ކުރެވިފައިވަނީ 26 ޖުލައި 2020 ގައި އެމްޓީސީސީ އިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 ސްކޮއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

މިއީ 21.97 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ. އަދި މި މަޝްރޫއު ނިމުމުން މި ކަމުގެ ފައިދާ ރަސްމާދޫގެ ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

- ކޮމެންޓް