ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ސަރުކާރަށް ދައްކަވަން ބޭނުންފުޅުވާ ބޮޑު މަންޒަރު ހޮސްޕިޓަލް ތެރެއިން ނުދެއްކެވިއްޔާ ރަނގަޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ސިޔާސީ ދުނިޔެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ވަހީދު ބޮޑު މަންޒަރު ދައްކަވަން ބޭނުންވާނަމަ ކޮވިޑް-19 ގެ ބަލި މަޑުކަން ނިމެންދެން މަޑުކުރެއްވުމަށް ގޮވާލާ ކަމަށާއި، ދިވެހި ރައްޔިތުން ހޮސްޕިޓަލުތަކުން ބޮޑު މަންޒަރު ބަލަން ބޭނުން ނުވާ ކަމަށެވެ. މިދުވަސްވަރު މަގުމައްޗަށް އެއްނުވެ ޓީވީތަކަށް އަރައިގެން ކިޔާނެ އެއްޗެއް ކިޔުމަށް ރޮޒެއިނާ ވަނީ ގޮވާލާފައެވެ.
ކުރީގެ ރައީސް ވަހީދަށް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ ގައުމު ބިރުވެރި ކަމެއްގައި ތެރޭގައި ވަނިކޮށް އިދިކޮޅުން ޑރ. ވަހީދު އިސްކޮށް ހުންނަވާ އެޗްޕީއޭގެ ގަވާއިދުތަކާއި ހިލާފަށް މަގުމައްޗަށް އާންމުން އެއްކޮށް ކުރި މުޒާހަރާ އަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، ކުރީގެ ރައީސްއެއް ފަރާތުން މިފަދަ އަމަލެއް ފެނުމުން ހިތާމަ ކުރައްވާ ކަމަށެވެ.
ގައުމު މިއޮތީ ބޮޑު ޕެންޑަމިކެއްގެ ތެރޭގައި، އާންމުންގެ ތެރެއިން ގިނަ ބަޔަކު ބައްޔަށް (ކޮވިޑް-19) އަށް ޕޮޒިޓިވް ވަމުން އަންނައިރު، އިދިކޮޅުން މި ފެންނަނީ އާންމުން މި ބައްޔަށް ހުށަހެޅުމަށް މަގުފަހި ކުރަމުން. މާސްކު އާންމުން ކުރިމަތީ މާސްކު އަޅުއްވަން ނުކެރޭނަމަ، ގޭގައި ފޭސްބުކް ޕްރޮފައިލްއަށް މާސްކު އަޅުއްވާ ފޮޓޯ ލުމުގެ ބޭނުމެއް ނެތްއައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ރޮޒެއިނާ ވިދާޅުވީ މަގުމައްޗަށް އެއްވުން އެއީ އެމްޑީޕީ އިން ބިރު ގަންނާނެ ކަމެއް ނޫން ކަމަށާއި، އެމްޑީޕީއިން މުޒާހަރާ ކުރާއިރު މީހުން ނުކުންނަވަރާއި ގާތަށް ވެސް އިދިކޮޅަށް މީހުން އެއް ނުކުރެވޭނެ ކަމަށެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ ގައުމި ވިއްކާލަން މަސައްކަތް ކުރެއްވި މީހުން ދިވެހިންނަށް އެނގޭނެ ކަމަށާއި، މަޖިލީހުން ބޭނުންހާ ގޮތަކަށް ދިވެހި ބިން ވިއްކުމަށް ހުއްދަ ދޭނެ ގާނޫނުތައް ފާސް ކުރި މީހުން ވެސް ދިވެހިންނަށް އެނގޭނެ ކަމަށެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާ ކޮށްފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ހާލަތު ގޯސްވަމުން ދަނިކޮށެވެ. ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އިތުރުވަމުން އަންނައިރު އެންމެ މަދުވެގެން ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވުމަށް އެޗްޕީއޭ އިން ދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެމުންނެވެ. މީގެ ދެ ގުނަ އަށް މީހުން ޕޮޒިޓިވްވާން ފަށައިފިނަމަ ހޮސްޕިޓަލުގެ އެނދުތައް ފުރި ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ހާލަތު ގޯސްވެދާނެ ކަމަށް ޑޮކްޓަރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ޑރ. ވަހީދު އިސްވެ ހުންނަވާ ބައިވެރިވި މި މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށެވެ.