ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 22:45
ޝުޖާއު ފުލުސް އޮފީސް ބޭރުގައި، ރައީސް ނަޝީދު މާސްކު ނާޅުއްވާ ހުރި ފޮޓޯތަކެއް ހިފައިގެން
ޝުޖާއު ފުލުސް އޮފީސް ބޭރުގައި، ރައީސް ނަޝީދު މާސްކު ނާޅުއްވާ ހުރި ފޮޓޯތަކެއް ހިފައިގެން
ރާއްޖެއެމްވީ
އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވުން
އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެގެން ޝުޖާއު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ހާޒިރުކުރީ މުޒާހަރާއާ ގުޅިގެން
އެ ސަރަހައްދުގައި އިދިކޮޅުން އަޑު އުފުލި
ޑރ. ވަހީދުވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައި

ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕީޕީއެމް/ޕީއެންސީ އިން މާލޭގައި ބޭއްވި ސައިކަލް ބުރުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ސައިކަލް ބުރާއި ގުޅިގެން އާދިއްތަ ދުވަހުގެ ރޭ ޝުޖާއު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުސް އޮފީހުގައި ގަޑިއިރެއްހާއިރު މަޑުކުރެއްވުމަށް ފަހު ޝުޖާއު ވަނީ އޭނާގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުމްތާޒް މުހުސިން އާއެކު ބޭރަށް ނިކުމެވަޑައިގެންފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މުމްތާޒް ވިދާޅުވީ، އެ މައްސަލަ އަކީ ޖިނާއި ތަހުގީގު ހިންގޭނެ މައްސަލަ އެއް ނޫން ކަމަށާއި، ތަހުގީގަށް ހާޒިރު ކުރި ޖެހުނު ސަބަބާއި ތަހުގީގުގައި ކުރި ސުވާލުތަކާއި ދިމާނުވާ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝުޖާއު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށާއި، މި ގައުމުގެ އެހެން ބައެއްގެ އަޅުވެތި ކަމަށް ގެންދިޔުމުގެ ޖާގަ އިދިކޮޅުން ނުދޭނެ ކަމަށެވެ.

ޝުޖާއުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ދައުލަތް ހިންގުމަށް ހުރަސް އެޅި ކަމުގެ ތުހުމަތާއި، އެއްވެއުޅުމާއި ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގަން ޖެހޭ ކަމެއްގައި ނުނެގުމުގެ އިތުރުން އަޑުގަދަ ކުރުމުގެ އިތުރުން މީހުންނަށް ބިރު ދެއްކުމެވެ. ދައުލަތް ހިންގުމަށް ހުރަސް އެޅުން ކަމަށް ތުހުމަތު ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް އަމަލު ކުރުމުންނެވެ. ޝުޖާއު އިސްކޮށް ހުންނަވާއި މާލޭގައި ބޭއްވި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ތިބީ މާސްކު ވެސް ނާޅައެެވެ. އަދި ގައިދުރުކަމެއް ވެސް ނެތެވެ.

ޝުޖާއު ފުލުހަށް ހާޒިރުކުރި ގަޑީގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ވަނީ ރައީސް އޮފީހުގެ ބޮޑުތަކުރުފާނު މަގާވީ ދިމާލުގައި އަޑު އުފުލާފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސާފައެވެ. އަދި އެމީހުން ފަހަތަށް ޖައްސަމުން ގޮސް ބީއެމްއެލްއާ ހަމަޔަށް ފަހަތަށް ވަނީ ފަހަތަށް ޖައްސާފައެވެ.

އިދިކޮޅުން ބޭއްވި ސައިކަލު ބުރާ ގުޅިގެން އިދިކޮޅުގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އަދި އަންގާރަ ދުވަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ފުލުހަށް ހާޒިރުވާން ވަނީ ޗިޓް ފޮނުވާފައެވެ.

- ކޮމެންޓް